logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މަންދީ އާއި ފައްޔާޒް އަދި އެމްޑީޕީގެ މައްޗަށް ދައުވާކޮށްފި

އާމިނަތު ޝަފާ
16 އޭޕްރީލު 2025 - 07:37
މަންދީ އާއި ފައްޔާޒް އަދި އެމްޑީޕީގެ މައްޗަށް  ދައުވާކޮށްފި

ރައީސުލްޖުމްހޫރިއްޔ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ އެމްޑީޕީގެ މުޒާހަރާގައި ވާހަކަ ދެއްކިމައްސަލާގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ޕާޓީގެ އިސް އެކްޓިވިސްޓު އަދި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި ޕާޓީގެ މައްޗަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ރައީސްގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ދައުވާ ކުރައްވައިފިއެވެ.

މެޑަމް ސާޖިދާގެ ފަރާތްޕުޅުން އެ މައްސަލައިގައި ދައުވާ އުފުލިކަން ހާމަކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވަތީ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގަނެފައިވާތީއެވެ. އަދި ފެމެލީ ކޯޓުގައި ދައުވާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީއެވެ.

އެ ދައުވާތައް އުފުލީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކުޑަކުދިންގެ ހައްގަށް އަރައިގަތުމާއި ކުޑަކުދިންގެ ކަރާމާތާއި ރައްކާތެެރިކަން ނިގުޅައިގަތުން ހުއްޓުވުމުގެ މަގުސަދުގައި ކަމަށް ބަޔާނުގައިވެއެވެ.

ރައީސްގެ ދަރިކަލުންނަށް ނިސްބަތްވާގޮތަށް އެމްޑީޕީގެ މުޒާހަރާއެއްގައި ސާބިތުނުހިފޭ ވާހަކަތަކެއް ވަނީ ދައްކާފައެވެ.

އަމިއްލަފުޅަށް ފަރުދީގޮތުން، މަންމަގެ ޙައިޞިއްޔަތުން ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ކުރިން އާންމުކުރެއްވި ނޫސްބަޔާނުގައިވެސް ވިދާޅުވީ، އެކަމަނާގެ ދަރިފުޅު ޢުމައިރުއަށް ނިސްބަތްކޮށް، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި ޙަޤީޤަތެއްނެތް، ދޮގު ވާހަކަތަކެއް ދައްކައިފައިވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޖުތިމާއީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ކުޅިވަރަކީ ވަރުގަދަ ބާރެއް: ރައީސްޚަބަރު | 19 ގަޑިއިރު ކުރިންރައީސްގެ ދެ ކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީއަށް ފުރާވަަޑައިގެންފިޚަބަރު | ދުވަހެއް ކުރިންއިންތިޚާބުގައި ރައީސް މުޢިއްޒާއި މެޑަމް ސާޖިދާ ދެއްކެވީ އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއެއް: ޝިޔާމްޚަބަރު | ދުވަހެއް ކުރިންކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | 2 ދުވަސް ކުރިން