logoEN
ޚަބަރު

60 އަހަރުން މަތީގެ މީހުންނަށް ލައިސަންސް ލިބޭނީ 4 ގަޑއިރުގެ ޓްރޭނިން އެއް ފުރިހަމަ ކުރުމަށް ފަހު

60 އަހަރުން މަތީގެ މީހުންނަށް އެއްގަމު ދުއްވާ އުޅަނދުގެ ލައިސަންސް ލިބޭނީ 4 ގަޑއިރުގެ ޓްރޭނިން އެއް ފުރިހަމަ ކުރުމަށްފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ ޑެޕިއުޓީ މިނިސްޓާރ އަލީ މުހައްމަދު ވިދާޅުވެއްޖެއެވެ.

އަލީ މުހައްމަދު މިފަދައިން ވިދާޅުވީ މެންދުރުޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ލައިސެންސް އިން ދުއްވޭނީ އެ ލައިސެންސް ދޫކުރި އިދާރާއެއް ހުރި ރަށެއްގައި ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި 60 އަހަރުން މަތީގެ މީހުންނަށްވެސް ނޯމަލް ލައިސެންސް ނެގުމުގެ ފުރުސަތު އޮންނާނެކަމަށް އޭނާ ވިދާޅުވި އެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން މިކަން ހާއްސަ މިކުރީ ރަށްރަށުގައި ތިބި އުމުރުން ދުވަސްވީ ބޭފުޅުންނަށް ލައިސެންސް ނެގުމުގައި ހުރި ދަތިތަކަކަށް އަރައިގަތުމަށެވެ. އަދި ހާއްސަ ކުރި ލައިސެންސްގައި ދުއްވޭނީ ފަސްދޮޅަސް ސީސީ ދަށުގެ އުޅަނދުތަކަށް އެކަންޏެވެ.

އުމުރުން 18އަހަރުގެ ކޮންމެ ބޭފުޅަކަށް ވެސް ނޯމަލް ލައިސެންސް ނެގުމުގެ ފުރުސަތު އެބައޮތް. އަޅުގަނޑުމެން މި ހާއްސަ ކޮށްލީ މި ނޯމަލް ލަިސެންސް ނެގުމުގަ ދަތިތަކެއް ދިމާވާ ބޭފުޅުންނަށް އެ ބޭފުޅުންނަށް ހާއްސަ ކުރި ލައިށެންސް އެކޭމީ

މީގެ އިތުރުން އަލީ މުހައްމަދު ވަނީ ބިދޭސީނަށް ދޫކުރާ ލައިސެންސްއަކީ މިނިސްޓްރީއިން ލައިސެންސް ކޮންވާޝަން ލިސްޓުގައި ހިމެނޭ 29 ޤައުމެއްގެ ލައިސެންސަށް ބިނާކޮށް ތިއަރީ އަދި ޕްރެކްޓިކަލް އިމްތިޙާނަކާއި ނުލައި 10 އަހަރު ދުވަހުގެ މުއްދަތަށް ލައިސެންސް ދޫކުރުމެވެ. އެހެން ނަމަވެސް މީގެ ފަހުން ލައިސެންސް ކޮންވާޝަން ލިސްޓުގައި ހިމެނޭ 29 ޤައުމުގެ ލައިސެންސަށް ބިނާކޮށް ބިދޭސީންނަށް ލައިސަންސް ދޫކުރެވޭނީ ޢަމަލީ އިމްތިޙާން ފުރިހަމަކުރުމުމަށްފަހު އެ ޤައުމަކުން ދޫކޮށްފައިވާ ލައިސެންސްގެ ބާކީ އޮންނަ މުއްދަތަށެވެ.

އެ ގޮތުން ޑެޕިޔުޓީ މިނިސްޓާރ އަލީ ނިޝާން ފާހަގަކުރެއްވީ އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގައި ހަދައިފައިވާ ގަރާޖު ތަކުގައި ވަކި މިންގަނޑުތަކެއް ފުރިހަމަވާންޖެހޭ ކަމަށެވެ. އެއީ އުޅަނދު ބާއްވާ ގަރާޖުގައި ހުރި ގޯތީގެ އިންފާރު ރާނާ ވަކިކޮށްފައެވެ. އުޅަނދު ވަންނަވަރުގެ ދޮރެއްކަނޑައިފައި ހުރުން

އުމުރު ހަމަވެފައިވާ އުޅަނދުތަކުގެ ތެރެއިން 2015 ވަނަ އަހަރުން ފެށިގެން އުފައްދައިފައިވާ އުޅަނދުތައް ރަގިސްޓަރީކުރެވެނީ 5 ނޮވެންބަރު 2024 ގެ ނިޔަލަށް ރާއްޖެ އެތެރެކޮށްފައިވާ އުޅަނދިތައް އަދި މި ގަވާއިދު ޝާއިރުކުރާ ތާރީހުން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ރަޖިސްޓަަރީ ކުރުމަށް ހުށަހަޅައިފައިވާ އުޅަނދަކަށް ވާން ޖެހޭނެއެެވެ. މި ފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރާނީ B ޒޯނާއި C ޒޯނަށްކަން އަދި މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް A ޒޯނުގައި ދުއްވުމަށް ރަޖިސްޓަރީ ބަދަލެއް ނުކުރެވެނެއެވެ.

ކޮމެންޓް

871x217_placeholder