logo
Bank of Maldives

Bank of Maldives

ޚަބަރު

ޕާކިންގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި މިހާރުވެސް 2 ބިން ބޭނުންކުރަމުންދޭ

އާމިނަތު ޝަފާ
4 އޮކްޓޯބަރު 2024 - 03:35
ހުޅުމާލޭގައި ބޭނުންކުރާ ވަގުތީ ޕާކިން ޒޯންތައް// ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
ހުޅުމާލޭގައި ބޭނުންކުރާ ވަގުތީ ޕާކިން ޒޯންތައް// ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

މާލޭ ސަރަހައްދުގައި ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި ހުޅުމާލެއިން ވަގުތީ ޕާކިން ޒޯނެއްގެ ގޮތުގައި 2 ބިމެއް މިހާރު ވެސް ބޭނުންކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ މި ދެ ބިމަކީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ހުރި ބިންތަކެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލޭ ފޭސް 2 ގައި ވާ ބިމުގައި ޕާކު ކުރެވިފައިވަނީ މާލެ ސަރަހައްދުގައި ހުރި އެހެނިހެން ޒޯންތަކަށް ނިސްބަތްވާ ވެހިކަލްތަކާއި، ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ބަހައްޓާފައިވާ ވެހިކަލްތަކެވެ. މި ބިމުގައި މިހާރު ޖުމްލަ 250 އަށް ވުރެ ގިނަ ވެހިކަލް ޕާކްކުރެވިފައި ހުރިކަން ފާހަގަކުރެވެއެވެ.

އަނެއް ބިމަކީ ހުޅުމާލޭ ފޭސް 1 ގައި ވާ ބިމެކެވެ. މި ބިމަކީ ޓެކްސީ އަދި އެހެންވެސް 4 ފުރޮޅުލީ އުޅަނދު ދުއްވާ ފަރާތްތަކުން ބްރޭކެއް ނަގާލާ ވަގުތުތަކުގައި ވަގުތީ ގޮތުން ބާއްވާލުމަށް ހަމަޖެއްސި ބިމެކެވެ. މި ބިން ބޭނުންކުރަން ފަށާފައިވަނީ މަގުމަތީގައި ޕާކުކުރުމުން މަގުތައް ތޮއްޖެހުން ކުޑަކުރުމަށާއި އަދި އެގޮތަށް ޕާކުކުރުމުން އުޅަނދުގެ ވެރިފަރާތްތައް ޖޫރިމަނާއިން ސަލާމަތްކުރުމަށެވެ.

ޕާކިންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

60 އަހަރުން މަތީގެ މީހުންނަށް ލައިސަންސް ލިބޭނީ 4 ގަޑއިރުގެ ޓްރޭނިން އެއް ފުރިހަމަ ކުރުމަށް ފަހުޚަބަރު | އަހަރެއް ކުރިންވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއަރޕޯޓް އާންމު ޙާލަތަށް ގެނެވޭނެ: އަމީންޚަބަރު | އަހަރެއް ކުރިންޕާކިންގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި މިހާރުވެސް 2 ބިން ބޭނުންކުރަމުންދޭޚަބަރު | އަހަރެއް ކުރިންޕާކިންގ އިމާރާތުން ސްލޮޓްތައް ދޫކުރާނީ ގަރާޖު ސިޓީއާއެކު - މިނިސްޓަރ ޚަބަރު | އަހަރެއް ކުރިން