logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހު ވަޤުތުކޮޅުގައި 3 ގޯލުޖަހައި ޔުނައިޓެޑު ސެމީއަށް

އަބްދުﷲ ޣާނިމް
18 އޭޕްރީލު 2025 - 05:30
ކޯބީ މައިނޫ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑު
ކޯބީ މައިނޫ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑު

މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މަގުއައިރު އެކްސްޓްރާ ޓައިމްގެ 121 ވަނަ މިނެޓުގައި ބޮލުންޖެހި ލަނޑާއެކު، އޮލިމްޕިކް ލިޔޯން އެގްރެގޭޓް 7-6 އިން ބަލިކޮށް ޔޫރަޕާ ލީގުގެ ސެމީފައިނަލަށް ދަތުރު ކޮށްފިއެވެ. 90 މިނެޓު ހަމަވެ އިތުރު ވަގުތުގެ ދެހާފު ކުޅެންޖެހުނު މިމެޗު ނިމުނީ ޔުނައިޓެޑްގެ 5-4 ގެ މޮޅުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މެނުއެލް އުގާޓެ އަދި ޑިއޯގޯ ޑަލޮޓްގެ ލަނޑުތަކާއެކު ޔުނައިޓެޑް ލީޑުނެގިނަމަވެސް، ޓޮލިސޯ އަދި ނިކޮލަސް ޓެގްލިއަފިކޯގެ ދެވަނަ ހާފުގައި ކައިރި ކައިރީގައިޖެހި ލަނޑުތަކާއެކު ލިޔޯން މެޗު އެއްވަރުކުރިއެވެ. 90 މިނެޓު ހަމަވިއިރު މެޗު އޮތީ 2-2 އިން އެއްވަރުވެފައެވެ. 89 ވަނަ މިނެޓުގައި ލިޔޯންގެ ޓޮލިސޯއަށް ދެވަނަ ރީނދޫ ކާޑު ދެއްކުމާއެކު ލިޔޯންގެ ޓީމު ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކްސްޓްރާ ޓައިމްގައި ރަޔާން ޗެރްކީގެ ފުރިހަމަ ލަނޑަކާއި އަލެކްސަންދްރެ ލަކަޒެޓްގެ ޕެނަލްޓީ ލަނޑާއެކު ލިޔޯން މެޗުގެ ކޮންޓްރޯލް ނެގިއެވެ. ނަމަވެސް މެޗު ނިމޭން 6 މިނެޓަށް ވެފައިވަނިކޮށް ބްރޫނޯ ފެނާންޑެސް ޕެނަލްޓީއަކުން ލަނޑެއް ޖަހައި، އަދި ކޮބީ މެއިނޫގެ ރީތި ލަނޑަކުން މެޗު އަނެއްކާވެސް އެއްވަރުވިއެވެ.

މެޗު ޕެނަލްޓީ ޝޫޓްއައުޓަކަށް ދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި ވަގުތު، 121 ވަނަ މިނެޓުގައި ކަސެމީރޯގެ ކްރޮސްއަކުން ހެރީ މެގުއަރ ޖެހި ހެޑަރ ލަނޑާއެކު އޯލްޑް ޓްރެފަޑް އުފަލުން ގުގުމާލިއެވެ. މިއީ ބޮޑު ޔޫރަޕިއަން މުބާރާތެއްގެ 120 ވަނަ މިނެޓުގައި ދެ ލަނޑު ޖެހި ފުރަތަމަ ޓީމެވެ.

މި ކާމިޔާބީއާއެކު ޔުނައިޓެޑް ސެމީފައިނަލްގައި ބައްދަލުކުރާނީ އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮނޑިބަތް ބަހަންވީ! ތާފުރަތަމަ ފަހަރަށް އަމޯ ޖެހިޖެހިގެން ތިން މެޗުން މޮޅުވެއްޖެކުޅިވަރު | 12 ދުވަސް ކުރިން10 އަހަރު ފަހުން ޗެންޕިއަން ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް ޔުނައިޓެޑުން ވަރުގަދަ މެސެޖެއްކުޅިވަރު | 18 ދުވަސް ކުރިންއިސްރާޢީލުގެ ޓީމުތަކާއި ދެކޮޅަށް ޔޫރަޕު އުތުރި އަރަނީ، އިނގިރޭސި ވިލާތުގައި ކުޅޭމެޗަށް އިސްރާޢީލުގެ ސަޕޯޓަރުން ނުވައްދާނެކުޅިވަރު | 20 ދުވަސް ކުރިންއިސްރާޢީލުގެ ޓީމުތަކާއި ދެކޮޅަށް ޔޫރަޕު އުތުރި އަރަނީ، އިނގިރޭސި ވިލާތުގައި ކުޅޭމެޗަށް އިސްރާޢީލުގެ ސަޕޯޓަރުން ނުވައްދާނެކުޅިވަރު | 21 ދުވަސް ކުރިން