logo
Bank of Maldives

Bank of Maldives

ކުޅިވަރު

29 ޓީމާއެކު އޮފީސް ލީގު ފަށައިފި

އަބްދުﷲ ޣާނިމް
18 އޭޕްރީލު 2025 - 06:43
އެމްސީއެލްޕީ އާއި އެމްއައިބީއާއި ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އޮފީސްލީގު
އެމްސީއެލްޕީ އާއި އެމްއައިބީއާއި ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އޮފީސްލީގު

ބިގް ގޭމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ އޮފީސް ލީގު މުބާރާތް ވަނީ 29 ޓީމުގެ ބައިވެރިވުމާއެކު ރޭގައި ފަށައިފިއެވެ. މި މުބާރާތުގެ މެޗުތައް ކުޅެމުންދަނީ ހުޅުމާލޭ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައެވެ.

މުބާރާތުގެ ރޭ ކުޅުނު މެޗުތަކުގައި ގްރޫޕް އީގައި މިފްކޯ ވަނީ އެންޓްރަކާ ދެކޮޅަށް ކުޅުނު މެޗު 3-2 އިން ކާމިޔާބުކޮށްފައެވެ. އަދި ގްރޫޕް އެފްގައި ސިލްވާ ސޭންޑްސް ވަނީ ހައްޖު ކްލަބާ ދެކޮޅަށް ކުޅުނު މެޗު 8-1 އިން ކާމިޔާބުކޮށްފައެވެ. ގްރޫޕް ޖީގައި ސްޓެލްކޯއިން ވަނީ ކްލަބް ވެލިގާއާ ދެކޮޅަށް ކުޅުނު މެޗު 7-0 އިން ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ ފަހު މެޗުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް (އެމްސީއެލްޕީ) ވަނީ އިސްލާމިކް ބޭންކާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށްފައެވެ.

މިރޭ ކުޅޭ މެޗުތައް:

މިރޭ ކުޅޭ މެޗުތަކުގައި ގްރޫޕް އޭގައި ޓްރޭޑް ކްލަބާއި ވިލާ ޓްރެވަލްސް ވާދަކުރާއިރު، ގްރޫޕް ބީގައި ދަ ހޯކްސްއާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވާދަކުރާނެއެވެ. އަދި ގްރޫޕް ސީގައި ކްލަބް ދާޚިލީއާއި ކުޅިވަރު ވުޒާރާ ވާދަކުރާއިރު، ގްރޫޕް ޑީގައި ކްލަބް މާލެ ސިޓީއާއި ބީސީސީ ވާދަކުރާނެއެވެ.

މުބާރާތުގައި މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތަކެވެ. މި މުބާރާތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އޮފީސް ލީގު މުބާރާތެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮފީސް ލީގު ސްޓެލްކޯއަށް، މުބާރާތަށް މުބީންގެ ތަޢުރީފުކުޅިވަރު | 4 މަސް ކުރިންގަދަ 16 އަށް ވެމްކޯ، ސިޓީސް މިނިސްޓްރީ، ހައްޖު ކްލަބް އަދި ސްމާޓް އޯން ދަތުރުކޮށްފިކުޅިވަރު | 5 މަސް ކުރިން29 ޓީމާއެކު އޮފީސް ލީގު ފަށައިފިކުޅިވަރު | 5 މަސް ކުރިން