logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގަދަ 16 އަށް ވެމްކޯ، ސިޓީސް މިނިސްޓްރީ، ހައްޖު ކްލަބް އަދި ސްމާޓް އޯން ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
26 އޭޕްރީލު 2025 - 08:20
ވެމްކޯ އާއި ވެލިގާ ހާޑްވެއަރ ރޭގައި ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ:  އޮފީސް ލީގު
ވެމްކޯ އާއި ވެލިގާ ހާޑްވެއަރ ރޭގައި ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޮފީސް ލީގު

އޮފީސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ވެމްކޯ އާއި އެމްސީއެލްޕީ (ސިޓީސް މިނިސްޓްރީ)، ހައްޖު ކްލަބް އަދި ސްމާޓް އޯން އެފްސީ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އޮފީސް ލީގުގައި ރޭ ކުޅުނު ޕްލޭއޮފް މެޗުތަކުގެ ތެރެއިން ގްރޫޕް ޖީގެ ވެމްކޯ ވަނީ ކްލަބް ވެލިގާއާ ވާދަކޮށް 5-0 އިން މޮޅުވެފައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ގްރޫޕް އެޗްގައި ހިމެނޭ ސިޓީސް މިނިސްޓްރީން މޯލްޑިވްސް އިސްލާމިކް ބޭންކް 2-1 އިން ބަލިކޮށޤ ގަދަ 16 އިން ޖާގަ ހޯދާފައިވާއިރު ހައްޖު ކްލަބް ގަދަ 16 އިން ފުރުސަތު ހޯދީ ގްރޫޕް އެފްގައި ހިމެނޭ ކްލަބް އެޕޯލޯ 1-0 އިން ބަލިކޮށްގެންނެވެ. 

ގްރޫޕް ބީގައި ހިމެނޭ ސްމާޓް އޯން ރޭ ވަނީ ދަ ހޯކްސް 3-2 އިން ބަލިކޮށް ގަދަ 16 ކަށަވަރުކޮށްފައެވެ. 

ގްރޫޕް އޭ އިން ގަދަ 16 ޔަގީންކޮށްފައިވަނީ ޝީޝާއެވެ. ދެވަނަ ޖާގަ ކަށަވަރުވާނީ މިރޭ ރޯޒްވެއާ އާއި ޓްރޭޑް ކްލަބް ވާދަކުރާ މެޗުންނެވެ. އަދި ގްރޫޕް ސީ އިން ކުޅިވަރު ވުޒާރާ އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް މިހާރުވެސް ވަނީ ގަދަ 16 ޔަގީންކޮށްފައެވެ.
ގްރޫޕް ޑީގައި ގަދަ 16 ގެ ފުރަތަމަ ޖާގަ ޕޮލިސް ކްލަބުން ހޯދާފައިވާއިރު އަނެއް ޖާގަ ކަށަވަރުވާނީ މިރޭ ހުޅުމާލެ ހޮސްޕިޓަލާއި ކްލަބް މާލެ ސިޓީ ކުޅޭ މެޗުންނެވެ.

ގްރޫޕް އީގައި ހިމެނޭ ބީއެމްއެލް މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ. އެ ގްރޫޕުގެ ފަހު މެޗުގައި މިފްކޯ އާއި މެޑްޓެކް ވާދަކުރާނީ މާދަމާ ރެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮފީސް ލީގު ސްޓެލްކޯއަށް، މުބާރާތަށް މުބީންގެ ތަޢުރީފުކުޅިވަރު | 4 މަސް ކުރިންގަދަ 16 އަށް ވެމްކޯ، ސިޓީސް މިނިސްޓްރީ، ހައްޖު ކްލަބް އަދި ސްމާޓް އޯން ދަތުރުކޮށްފިކުޅިވަރު | 5 މަސް ކުރިން29 ޓީމާއެކު އޮފީސް ލީގު ފަށައިފިކުޅިވަރު | 5 މަސް ކުރިން