ޖަމީލް ރުޅިއައިސްގެން އުޅެނީ އުއްތަމަ ފަނޑިޔާރު ނުދީގެން: ޝުޖާއު


18 އޭޕްރީލު 2025 - 15:15
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ރުޅިއައިސްގެން އުޅެނީ އޭނާއަށް އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމު ނުލިބުމުން ކަމަށް ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޔާމީންގެ ގޭކޮޅުގެ ކޮޓަރިއެއްގައި ސިލްސިލާކޮށް ބާއްވާ ކުޑަ އެއްވުން ތަކުގެ ތެރެއިން ރޭގެ އެއްވުމުގައި ޖަމީލް ދެއްކި ވާހަކައަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއިމެދު ހިތްހަމަނުޖެހިގެން ޖަމީލް މިފަދައިން އުޅެން ފެށީ އޭނާއަށް އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމު ނުދެއްވުމުން ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވިން އަނގަ ހުތުރު، ތަނެއްދޮރެއް ނޭނގޭ މީހުންނަށް ތިޔަ މަޤާމު އަދާކުރެވޭނެހޭ؟ އެހެން ބުނި ހިސާބުން ހާޑުވިގޮތައް އެއުޅެނީ ބުއްދިފިލާގޮސްގެން،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ޖަމީލު ތުހުމަތުކުރިޔަސް ރައީސް މުޢިއްޒު، ރައީސް ޔާމީންގެ ޝަރީޢަތަށް ‘’އަތްބާނާފައި’’ ނުވާކަމަށެވެ.
"ރައީސް މުޢިއްޒު، ރައީސް ޔާމީންގެ ޝަރީޢަތަށް އަތްބާނާ ނަމަ ރައީސް ޔާމީން މިހާރު އިންނަވާނީ ޖަލުގަ!" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ ޔާމީންގެ އިސްވަކީލުކަމަށް ދަޢުވާކުރާ ނަމަވެސް ވަކީލެއްގެ މަސައްކަތް ނުކުރާ ޖަމީލް މިހާރު އުޅެނީ ރައީސް މުޢިއްޒު ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާތީ ކަންބޮޑުވެގެން ކަމަށް ސުވާލު އުފައްދަވާފައެވެ.
އިތުރު ލިޔުންތައް

ކުޅުދުއްފުށީގެ ރައްޔިތުން ތިބީ ޕީއެންސީއާއެކު ފޯރީގައި ކުރިއަށްދާން: ޝުޖާޢު
9 މަސް ކުރިން
އަޅުގަނޑުމެންނަށް ވާރުތަވީ ހުސްތޮށިގަނޑެއްގެ ގޮތުގައި އޮތް ސަރުކާރެއް: ޝުޖާއު
8 މަސް ކުރިން
ޤައުމު އާރާސްތު ކުރެވޭނީ ޓެކްސްގެ ނިޒާމު ހަރުދަނާ ކޮށްގެން - ޝުޖާޢު
8 މަސް ކުރިން