logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރުމުގެ ޚިދުމަތްތައް ރަސްމީކޮށް ޓްރޭޑިއަންގެ ތެރެއަށް

އާމިނަތު ޝަފާ
20 އޭޕްރީލު 2025 - 06:59
ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރުމުގެ ޚިދުމަތްތައް ރަސްމީކޮށް ޓްރޭޑިއަންގެ ތެރެއަށް

ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަނީ ޝިޕިންގ އޭޖެންޓުންނާއި، ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީވުމާއި ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމަށްޓަކައި ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމް މިއަދުން ފެށިގެން ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން މިގޮތަށް ކުރަން ކަސްޓަމްސް އިން ނިންމީ 02 ފެބްރުއަރީ 2025ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށްޓަކައެވެ.

މިޕްލެޓްފޯމްގެ ތެރެއިން މޯލްޑިވްސް ކަސްޓަމް ސަރވިސްއިން އާދިއްތަ ދުވަހުން ފެށިގެން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، ޝިޕިންގ އޭޖެންޓުން ރަޖިސްޓްރީ ކުރުމާއި، ފްރައިޓް ފޯވަރޑަރުން ރަޖިސްޓްރީ ކުރުމާއި، ފޮރިން ގޮއިންގ ވެސަލް ރަޖިސްޓްރީކުރުމާއި، ވެސަލް އެރައިވަލް އިންފޮރމޭޝަން ހުށަހެޅުން (އީ.ޓީ.އޭ/އީ.ޓީ.ޑީ) އަދި ސީ ކާރގޯ މެނިފެސްޓް ހުށަހެޅުން ހިމެނެއެވެ.

މިގޮތަށް ހަމަޖެއްސި ކަމުގައިވީނަމަވެސް، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް، 31 މެއި 2025ވަނަ ދުވަހުގެ ނިޔަލަށް، މިހާރު ހުށަހަޅަމުންދާގޮތަށް ކާގޯ މެނިފެސްޓާއި "ވެސެލް އެރައިވަލް އިންފޮމޭޝަން (އީ.ޓީ.އޭ)" އާގުޅޭ މަޢުލޫމާތު ކަސްޓަމްސްއަށް ހުށަހެޅޭނެ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އަދި 1 ޖޫން 2025 ވަނަ ދުވަހުން ފެށިގެން، މި ޚިދުމަތްތައް ހޯއްދެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަން ކަމަށްވާތީ، އެ ސުންގަޑީގެކުރިން، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީކުރެއްވުމަށް އެންމެހާ ޝިޕިންގ އެޖެންޓުންނަށާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދޭ ފަރާތްތަކުގެ ސަމާލުވުމަށް ކަސްޓަމްސް އިން ވަނީ އެދިވަޑައިގެންފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދަލުގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސް އިން ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަނީޚަބަރު | މަހެއް ކުރިން241 ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރިޔާޒުގެ ވަޒީފާ އިޔާދަކޮށްފިޚަބަރު | 3 މަސް ކުރިންވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު މައްސަލައެއްގައި ކަސްޓަމަސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފިޚަބަރު | 3 މަސް ކުރިންސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފިޚަބަރު | 4 މަސް ކުރިން