logo
ޚަބަރު

އެއް ބުރުން ވެރިއަކު ހޮވަން ނަޝީދު ތާއީދުކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޭޕްރީލު 2025 - 12:03
އެއް ބުރުން ވެރިއަކު ހޮވަން ނަޝީދު ތާއީދު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި، ޕްރިފެރެންޝަލް ވޯޓިންގ ނިޒާމަކަށް ދިޔުމަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓިންގ ނިޒާމެއްގެ ދަށުން އެއް ބުރުން ވޯޓުލާ ނިންމައި ސަރުކާރެއް އުފެއްދުމަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލާ ގުޅޭގޮތުން ރައީސް ނަޝީދުގެ ތާއީދު ލިބިވަޑައިގަތުމަކީ، މިހާރުގެ ސަރުކާރުން ގެންނަން ބޭނުންވާ ބަދަލަށް ލިބޭ ބާރެކެވެ. ރައީސް މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވެސް ވެރިއަކު ހޮވުމަށް މިހާރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެ ބުރު އުވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޕްރިފެރެންޝަލް ވޯޓިންގ ނިޒާމަކީ ޑިމޮކްރެޓިކް ގިނަ ޤައުމުތަކެއްގައި މިހާރު ވެސް ޢަމަލުކުރަމުންދާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން، ވޯޓުދޭ ފަރާތްތަކުން ކުރިމަތިލާ ކެންޑިޑޭޓުން ތަރުތީބުކޮށް، އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަށް އެއް ނަންބަރު، ދެން ކަމުދާ ކެންޑިޑޭޓަށް ދެ ނަންބަރު، މިގޮތަށް ވޯޓުލާ އުސޫލުން ކުރިއަށްދާނެއެވެ.

މި ނިޒާމުގެ ދަށުން، 50 އިންސައްތައަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް އެއް ނަންބަރު ދީފިނަމަ، އެ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރެވޭނެއެވެ. އެހެންނަމަވެސް، 50 އިންސައްތަ މީހުން އެއް ނަންބަރު ދިން ކެންޑިޑޭޓެއް ނެތްނަމަ، ދެން ބަލާނީ ދެ ނަންބަރަށެވެ. މިގޮތަށް ކުރިއަށްގެންދާއިރު، އެއް ނަންބަރު މަދުން ލިބުނު ކެންޑިޑޭޓުޭޓުން ނުވަތަ އޭގެ ތެރެއިން ވަކި އަދަދެއްގެ ކެންޑިޑޭޓުން އުނިކުރެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު ކުރަށްވައިފިޚަބަރު | 3 ގަޑިއިރު ކުރިންއިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބައްދަލުކުރައްވައިފިޚަބަރު | 2 މަސް ކުރިންއެމްޑީޕީގައި ''ފަނި''އެޅުމުން ކުރިމަގު ގެއްލި އާންމު މެމްބަރުން ދެވަނަ ވިސްނުމަކަށްރިޕޯޓް | 3 މަސް ކުރިންނަޝީދާ ޑިމޮކްރެޓްސް ''އެމްޑީޕީ ރޫޅަން'' އަލުން އެމްޑީޕީއަށްޚަބަރު | 3 މަސް ކުރިން