logo
ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

އައިޔޫއެމްގެ ކުރީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރ އަށް ދައުވާ ކުރަން ފޮނުވައިފި

ހުސައިން ވަސީމް
20 އޭޕްރީލު 2025 - 14:12
އައިޔޫއެމްގެ ކުރީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރ އަށް ދައުވާ ކުރަން ފޮނުވައިފި

2017 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މީހަކު ޢައްޔަނުކުރުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޙައްޤުނޫން ފަރާތަކަށް ވަޒީފާ ދީފައިވާ މައްސަލާގައި ދަޢުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މި މައްސަލާގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޑިރެކްޓަރގެ މަޤާމުގައި އޭރުހުރި ޑޮކްޓަރ އިބްރާހީމް ސަމީރު އާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަޤާމުގައި އޭރުހުރި ޢަލީ ރަޝީދުގެ މައްޗަށެވެ.  

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މީހަކު ހޯދުމަށް 05 ނޮވެންބަރު 2017 ގައި ކޮށްފައިވާ އިޢުލާނަކާ ގުޅިގެން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެ މަޤާމަށް ހޮވާފައިވާ ފަރާތަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވާ ފަރާތެއް ނޫން ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އަދި އެ އިޢުލާނުގައި ބަޔާންކޮށްފައިވާ އެ މަޤާމަށް ޝަރުޠު ހަމަވާ ތަޢުލީމީ ސެޓްފިކެޓެއް އަދި ޝަރުޠު ހަމަވާ ތަޖުރިބާގެ ލިޔުމެއްވެސް، އެފަރާތުން ހުށަހަޅާފައި ނުވާ ކަމަށްވެސް އޭށީށީން ވަނީ ބުނެފަ އެވެ.

އެ އިޢުލާނާ ގުޅިގެން ތައްޔާރު ކޮށްފައިވާ R2 ޝީޓްގައި ޕޮއިންޓް ދީފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލާ ޚިލާފަށެވެ. އަދި އިންޓަރވިއުގައި އެ ފަރާތަށް ގިނައިން ޕޮއިންޓްދީ، އެފަރާތަށް ލިބޭ ޖުމުލަ ޕޮއިންޓް މަތިކޮށްފައިވަނީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށްކަން ތަޙުޤީޤަށް ހޯދިފައިވާ ކަމަށް އޭސީސީން ވަނީ ބުނެ އެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން، ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'އައިޔޫއެމް ލީގަލް ކްލިނިކް': އާންމުންނަށް ގާނޫނީ އެހީތެރިކަން ހިލޭޚަބަރު | 8 ގަޑިއިރު ކުރިންއެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި އަމިއްލަ ކުންފުންޏަކަށް ދަޢުވާކުރަނީޚަބަރު | މަހެއް ކުރިންމަރަދޫފޭދޫގައި އައި.ޔޫ.އެމްގެ ކެމްޕަހެއް ހުޅުވައިފިޚަބަރު | 4 މަސް ކުރިންރިޝްވަތުގެ އެހީގައި މަޤާމުތަކަށް އަންނަ ފަރާތްތަކަކީ އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާނެ ބައެއް: އޭސީސީޚަބަރު | 5 މަސް ކުރިން