logo
Bank of Maldives

Bank of Maldives

ޚަބަރު

ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދު ދަނީ އިތުރުވަމުން: ލަހުފާ

އާމިނަތު ޝަފާ
21 އޭޕްރީލު 2025 - 06:33
ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދު ދަނީ އިތުރުވަމުން: ލަހުފާ

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދު އިތުރުވެފައިވާކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ލަހުފާ ޙަލީލް ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވީ، އިސްރަށްވެހިންގެ ނާދީއަކީ، އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޚާއްސަ ހަރަކާތްތަކެއް ރާވައި ހިންގުމުގެ ނިޒާމެއް ޤާއިމުކުރެވިފައިވާ މަރުކަރެއް ކަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން، އިސްރަށްވެހިންގެ ނާދީގައި ހިންގާ ބައެއް ހަރަކާތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން، ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، އިސްރަށްވެހިންނަށް ޚާއްސަކުރެވިގެން ނާދީގައި ލުއި ކަސްރަތު ޕްރޮގްރާމްތަކާއި، ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކުރެވިގެން، މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި، އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު އެކި ކަހަލަ ޕްރޮގްރާމްތައްވެސް ހިންގޭކަމަށެވެ.

މާލެ ސަރަހައްދުގައި ޤާއިމުކޮށްފައިވާ ނާދީގައި އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކާއެކު އެތަނަކީ މިހާރު ގިނަ އަދަދެއްގެ އިސްރަށްވެހިން ޚިދުމަތް ހޯދަމުންދާ މުހިންމު މަރުކަޒެއްކަން ފާހަގަކޮށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވެފައިވަނީ، ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދުދު އިތުރުވަމުންދާކަމަށެވެ. އަދި އެތަނުގައި ހިންގޭ ހަރަކާތްތަކުގެ ސަބަބުންނާއި އެ މާހައުލުގެ ސަބަބުން އިސްރައްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު އެކަށިގެންވާ ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭކަމަށް ވެސް ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވަނީ ފާހަގަކުރައްވާފައެވެ.

އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދާ ހަރަކާތްތަކަކީ 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް ވެސް ބައިވެރިވުމުގެ ފުރުޞަރު ހުޅުވިފައިވާ ހަރަކާތްތަކެވެ. އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ މަހު އެކަނި ވެސް ކުޑަދިންނަށް ކުރާ އަނަިޔާގެ 84 މައްސަލަޚަބަރު | މަހެއް ކުރިންރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ފަށަނީ!ޚަބަރު | 2 މަސް ކުރިން"އެމްޕަވަރމަންޓް ހަބް"ގެ މަސައްކަތް ކުރިއަށްއޮތް ތިން މަސް ކުރިން ނިންމާލެވޭނެ: އިޖުތިމާއީ ވުޒާރާޚަބަރު | 3 މަސް ކުރިން"އުފާވެރި ރާސްތާ" ޕްރޮގްރާމްގެ ބައްދަލުވުމެއް ފޮނަދޫގައި ބާއްވައިފި ޚަބަރު | 3 މަސް ކުރިން