logo
Bank of Maldives

Bank of Maldives

ޚަބަރު

އެލައިޑް ޕްރޮފެޝަނަލްސް ތަމްރީން ކުރުމާއި ގުޅޭގޮތުން މަޝަވަރާކޮށްފި

އާމިނަތު ޝަފާ
21 އޭޕްރީލު 2025 - 06:56
އެލައިޑް ޕްރޮފެޝަނަލްސް ތަމްރީން ކުރުމާއި ގުޅޭގޮތުން މަޝަވަރާކޮށްފި

ކުރިއަށް އޮތް ފަސް އަހަރަށް 1500 އެލައިޑް ހެލްތު ޕްރޮފެޝަނަލްސް ތަމްރީން ކުރުމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމަންޓާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި އެކު މަޝްވަރާކޮށްފައެވެ.

ސަރުކާރުން ކަނޑައަޅާފައިވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖޭގައި ޑިމާންޑް އެންމެ ބޮޑު ދާއިރާތަކަށް ބޭނުންވާ މީހުން ތަމްރީން ކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗް ތެރަޕީ ކޯސް އެއީ ސަރުކާރުން މިވަގުތު ވަރަށް އިސްކަން ދިނުމަށް ބޭނުންވާ ދާއިރާތަކެވެ.

ހަޔަރ އެޑިޔުކޭޝަނުން ވަނީ މި ކޯސްތައް ފެށުމަށް ބޭނުންވާ ކުދިން ހޯދުމާއި، ސްކޮލަރޝަިޕް ހޯދުމަށް ކުރަމުންދާ މަސައްކަތް މިނިސްޓަރ އާއި ހިއްސާކުރައްވާފައެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިން ވަނީ ކޯސްތައް ހިންގުމަށް މިހާރު ކަރިކިއުލަމް ތައްޔާރުކުރާ ކޯސްތަކާއި، ކުރިއަށް ގެންދާ ކޯސްތައް އަދި ކުރިއަށް އޮތް ތަނުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކޯސްތަކުގެ މައުލޫމާތު މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އާއި ހިއްސާކޮށްފައެވެ.

އެގޮތުން މިއަހަރު ފެށުމަށް ތައްޔާރުވެފައިވާ ކޯސްތަކާއި ގުޅޭ އެމްއޯޔޫއާއި ގުޅޭގޮތުން ވަނީ މަޝަވަރާކުރެވިފައެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފްހެލްތުގެ އިސްވެރިންނާއި، ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ހެލްތު އެކްސްޕޯ ނޮވެންބަރު މަހު ބާއްވަން ހަމަޖައްސައިފިޚަބަރު | މަހެއް ކުރިންކުޑަކުދިންނަށް ދޭ ކޮފްސިރަޕް އެއް މަނާކޮށްފި ޚަބަރު | 2 މަސް ކުރިންއައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްޞަ ކްލިނިކް ހުޅުވައިފިޚަބަރު | 4 މަސް ކުރިންމާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އައިނު ހެއްދުމުގެ ޚިދުމަތް ދިނުމަށް ރައީސް ނިންވައިފިޚަބަރު | 5 މަސް ކުރިން