logo
Bank of Maldives

Bank of Maldives

ޚަބަރު

އިނގުރައިދޫއިން ރައްކާތެރި ގޮތުގައި 300 ބުޅާ ހިފައިދޭނެ ބަޔަކު ހޯދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޭޕްރީލު 2025 - 12:25
އިނގުރައިދޫއިން ރައްކާތެރި ގޮތުގައި 300 ބުޅާ ހިފައިދޭނެ ބަޔަކު ހޯދަނީ

ރ. އިނގުރައިދޫގައި އިތުރުވަމުންދާ ބުޅަލުގެ އަދަދު ކޮންޓްރޯލް ކުރުމަށްޓަކައި، ރައްކާތެރި ގޮތުގައި 300 ބުޅާ ހިފައިދޭނެ ފަރާތެއް ހޯދުމަށް އިނގުރައިދޫ ކައުންސިލުން އިއްޔެ އިޢުލާން ކޮށްފިއެވެ.

އިނގުރައިދޫ ކައުންސިލުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަހަކަށް އައިސް ރަށުގައި ބުޅަލުގެ އަދަދު އިތުރުވެ، އާންމު ރައްޔިތުންނަށް އުނދަގޫވާ ހިސާބަށް ގޮސްފައިވާކަމަށް ރައްޔިތުން ޝަކުވާ ކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ ހައްލުކުރުމަށްޓަކައި، ރައްކާތެރި ގޮތުގައި ބުޅާ ހިފައި، އެއްވެސް ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ ފަޅުރަށަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ކައުންސިލުން އިތުރަށް ބުނި ގޮތުގައި، މި މަސައްކަތް ކުރަންވާނީ ބުޅަލަށް އެންމެ ރައްކާތެރި ގޮތުގައެވެ.

 

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ ކުރިން އިނގުރައިދޫ ކައުންސިލް އިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް އެ ކައުންސިލުން އެދިފައިވެއެވެ. އަދި އަގު ހުށަހަޅަންވާނީ 300 ބުޅާ ހިފައިދޭނެ އަގެއް ކަމަށް ވެސް ބުނެފަވެއެވެ.

ވެރިރަށް މާލޭގައި ވެސް ބުޅަލުގެ އާބާދީ ބޮޑުވެ، އާންމުންނަށް އުނދަގޫވާތީ ބުޅަލަށް ހާއްސަ މަރުކަޒެއް ހުޅުމާލޭގައި ވަނީ ގާއިމުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ރައީސް ނިންމަވައިފިޚަބަރު | 2 މަސް ކުރިންކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް މަޖިލީހަށް ޤަރާރެއް ޚަބަރު | 4 މަސް ކުރިންއިނގުރައިދޫއިން ރައްކާތެރި ގޮތުގައި 300 ބުޅާ ހިފައިދޭނެ ބަޔަކު ހޯދަނީޚަބަރު | 6 މަސް ކުރިންރައީސްގެ ސިޔާސަތުތަކާ، ކައުންސިލުތަކުން ކުރެވޭ މަސައްކަތްތައް އެއް ގޮތްވާންޖެހޭ: އާދަމް ޝަރީފުޚަބަރު | އަހަރެއް ކުރިން