logoEN
ކުޅިވަރު

މަތެއުސް ކޫނިޔާގެ ސޮއި ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން ފަށައިފި

ކޫނިޔާގެ ސޮއި ހޯދުމަށް ގިނަ ކުލަބްތަކުން ޝާއުޤުވެރިވޭ. ފޮޓޯ: ބީބީސީ

ކޫނިޔާގެ ސޮއި ހޯދުމަށް ގިނަ ކުލަބްތަކުން ޝާއުޤުވެރިވޭ. ފޮޓޯ: ބީބީސީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

22 އޭޕްރީލު 2025 - 06:12

ވޫލްވްސްގެ ބްރެޒިލް ފޯވަޑް މަތެއުސް ކޫނިޔާގެ ސޮއި ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ފުޓްބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯއެވެ.

އެގޮތުން ކޫނިޔާ ގެނައުމަށް އޭނާއާއެކު މެންޗެސްޓަރ ޔުނައިޓެޑުން މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ. އަދި މިހާތަނަށް ކުރެވުނު މަޝްވަރާތައް ވަރަށް ރަނގަޅު ކަމަށް ދެފަރާތުންވެސް ބުނެއެވެ.

ކޫނިޔާގެ އަގުގެ ގޮތުގައި ވޯލްވްސްއިން ވަނީ 62.5 މިލިއަން ޕައުންޑް ކަނޑައަޅާފައެވެ. މިއީ އޭނާގެ ރިލީސް ކްލޯޒްގައި ހިމެނޭ އަގެވެ. މި އަގު ދައްކާ ކޮންމެ ކުޅުންތެރިއަކަށްވެސް އޭނާއާ މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ނަމަވެސް ކުންހާއަށް އެހެން ގިނަ ކުލަބުތަކެއްގެ ޝައުގުވެރިކަން ހުރިކަން މެންޗެސްޓަރ ޔުނައިޓެޑަށް އެނގެއެވެ. އެހެންކަމުން މި މައްސަލައިގައި އަވަސް ނިންމުމަކަށް ދިއުމަށް ޔުނައިޓެޑުން މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ.

ކުންހާ މި ސީޒަނުގައި ވޯލްވްސްއަށް ކުޅެ 16 މެޗުން ވަނީ 6 ލަނޑު ޖަހާފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގުގެ 4 ލަނޑާއި އެފްއޭ ކަޕްގެ 2 ލަނޑު ހިމެނެއެވެ.

ކޮމެންޓް

871x217_placeholder