އެކްސިޑެންޓްތައް ގިނަވާތީ ސަމާލުވާން އެދެފި


22 އޭޕްރީލު 2025 - 14:33
މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މާލެ ސަރަަހައްދުގައި ހިނގި މަގުމަތީގެ އެކްސިޑެންޓުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެެފައިވާތީ މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ޖުމްލަ 1،068 އެކްސިޑެންޓު ހިނގާފައިވެ އެވެ.
އެންމެ ގިނަ އެކްސިޑެންޓުތައް ހިނގި ކަމަށް ރިޕޯޓުކޮށްފައިވާ ފެބްރުއަރީ މަހު އެކަކު ވަނީ މަރުވެފަ އެވެ.
މަގުމަތީގެ އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގާފައި ވަނީ މާލޭގަ އެވެ. އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު 561 އެކްސިޑެންޓު ހިނގިއިރު، އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓުކުރީ ފެބްރުއަރީ މަހު އެވެ.
އެ މަހު 216 އެކްސިޑެންޓު ހިނގި އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު 152 އަދި މާޗް މަހު 193 އެކްސިޑެންޓު ހިނގާފައިވެ އެވެ.
މާލެއަށް ފަހު ދެން އެންމެ ގިނަ އެކްސިޑެންޓުތައް ހިނގީ ހުޅުމާލޭގަ އެވެ. ޖުމްލަ 454 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާފައި ވަނީ ފެބްރުއަރީ މަހު އެވެ.
އިތުރު ލިޔުންތައް
.jpeg&w=3840&q=75)
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް
9 މަސް ކުރިން
ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި
9 މަސް ކުރިން
އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
9 މަސް ކުރިން.webp&w=3840&q=75)