މަޔޯކާ ބަލިކޮށް ބާސާ 7 ޕޮއިންޓުގެ ލީޑެއް ނަގައިފި

މެޗުގައި ގޯލުޖެހުމަށްފަހު އޮލްމޯ ކުޅުންތެރިންނާއެކު. ފޮޓޯ: ބާސެލޯނާ

23 އޭޕްރީލު 2025 - 06:57
ސްޕެނިޝް ލަލީގާގައި ރޭ މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބާސެލޯނާއިން ތާވަލުގެއެއްވަނައިގައި 7 ޕޮއިންޓުގެ ލީޑެއް ހޯދައިފައެވެ. މި މެޗާއެކު ބާސެލޯނާއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން 76 ޕޮއިންޓް ލިބިފައެވެ. އެއް މެޗު މަދުން ކުޅެ، ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 32 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ.
ބާސެލޯނާގެ އެސްޓޭޑިއޯ މޮންޖުއިކްގައި ކުޅުނު މި މެޗުގައި ބާސެލޯނާއިން ވަނީ މެޗު ފުރިހަމައަށް ޑޮމިނޭޓްކޮށްފައެވެ. އެ ޓީމުން ޖުމުލަ 40 ހަމަލާ އުފައްދާފައިވާއިރު، އޭގެ ތެރެއިން 12 ހަމަލާ ވަނީ މަޔޯކާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.
މެޗުގެ ހަމައެކަނި ލަނޑު ޖެހީ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ބާސެލޯނާގެ ޑެނީ އޮލްމޯ އެވެ. ފުރަތަމަ ހާފުގައި ބާސެލޯނާގެ ލަމީން ޔަމާލް އާއި ފެރާން ޓޮރޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާތައް މަޔޯކާގެ ކީޕަރު ލިއޯ ރޯމަން ވަނީ ހުއްޓުވާލާފައެވެ.
އަންނަ ހޮނިހިރު ދުވަހު ކޮޕާ ޑެލްރޭގެ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް މުހިންމު ކުޅުންތެރިންނަށް އަރާމު ދިނުމަށް، ކޯޗު ހެންސީ ފްލިކް ވަނީ މި މެޗަށް ނިކުތް ޓީމަށް 7 ބަދަލު ގެނެސްފައެވެ. ނަމަވެސް ދެވަނަ ހާފުގައިވެސް ބާސެލޯނާއިން ދެއްކީ ރަނގަޅު ކުޅުމެކެވެ.
މި މެޗުގައި މަޔޯކާގެ ކީޕަރު ރޯމަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ.
ލީގުގައި މިރޭ ރެއާލް ނިކުންނާނީ ގެޓާފޭ އާއި ދެކޮޅަށެވެ.
އިތުރު ލިޔުންތައް

ގޯލު ފުންޏެއް ޖަހައި ބާސާގެ ސަޕޯޓަރުންނަށް އުފާވެރިކަން
10 މަސް ކުރިން
ފަސޭހަ މޮޅާކާއި އެކު ބާސެލޯނާއިން ބަޔާން އާއި މެޑްރިޑަށް ވަރުގަދަ މެސެޖެއް.
8 މަސް ކުރިން
ފޯމުގައި އޮތް ބާސެލޯނާ ކުރިމަތިލާނީ މި ސީޒަންގެ މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު އިމްތިޙާނަށް.
8 މަސް ކުރިން