logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިނީސިއުސް ރެއާލް އާއެކު އެއްބަސްވުން އާކުރަނީ - ފަބްރީޒިއޯ

އަބްދުﷲ ޣާނިމް
23 އޭޕްރީލު 2025 - 07:40
ވިނީ މިދިޔައަހަރުގެ ފީފާގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް އުފުލާލަނީ. ފޮޓޯ:: ބީބީސީ
ވިނީ މިދިޔައަހަރުގެ ފީފާގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް އުފުލާލަނީ. ފޮޓޯ:: ބީބީސީ

ރެއާލް މެޑްރިޑްގެ ބްރެޒިލިއަން ތަރި އަދި ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާ ވިނީސިއުސް ޖޫނިއާ ކުލަބާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވެފައިވާކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. މި އެއްބަސްވުމަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ވެވޭ އެއްބަސްވުމެކެވެ.

ފުޓްބޯޅައިގެ ދުނިޔޭގެ މަޝްހޫރު ނޫސްވެރިޔާ ފެބްރިޒިއޯ ރޮމާނޯ ހާމަކުރި ގޮތުގައި، މި އެއްބަސްވުން 2029 ނުވަތަ 2030 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެއެވެ. އަދި އިތުރަށް މުއްދަތު އިތުރުކުރުމުގެ ފުރުސަތުވެސް މި އެއްބަސްވުމުގައި ހިމެނޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ވިނީސިއުސް އަބަދުވެސް ބޭނުންވީ ރެއާލް މެޑްރިޑްގައި ދެމިހުރުމަށް،" ރޮމާނޯ ވަނީ ބުނެފައެވެ.

23 އަހަރުގެ ވިނީސިއުސްއަކީ ރެއާލް މެޑްރިޑް ފަހަކަށް އައިސް ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. އޭނާ މިހާތަނަށް ރެއާލް މެޑްރިޑްގެ ޖާޒީގައި ކުޅުނު 311 މެޗުން ވަނީ 105 ލަނޑު ޖަހާފައެވެ. އަދި އޭނާވަނީ ރެއާލް ޖޯޒީގައި 14 ތަށްޓެއް ކާމިޔާބުކޮށްފައެވެ.

ވިނީސިއުސްއަކީ ރެއާލް މެޑްރިޑްގެ ކުރިމަގުގެ އެންމެ މުހިންމު އެއް ތަނބުކަމަށް ބެލެވޭއިރު، އޭނާ ކުލަބާއެކު އެއްބަސްވުން އާކުރުމަކީ ކުލަބަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީޝިއަސް ގެ ސޮއި ހޯދުމަށްސަޢޫދީިއިން 1 ބިލިޔަން ޑޮލަރުގެ ކޮންޓްރެކްޓެއް ހުށަހަޅަނީކުޅިވަރު | 10 ގަޑިއިރު ކުރިން ރެއާލް އިން މެސީ ލައިޓްގެ ޓީމު ހަމަބިމަށް ތިރިކޮށް ޗެންޕިއަންސް ލީގުގެ ދެވަނައަށްކުޅިވަރު | 2 ދުވަސް ކުރިންފެތިފައި އޮތް މެޑްރިޑް ޕެނަލްޓީގެ އެހީގައި ފެނުން މައްޗަށް ޖެހިލައިފިކުޅިވަރު | 6 ދުވަސް ކުރިންދެވަނަ ޑިވިޝަނުގެ ރެލިގޭޝަނުގައި އޮތް ޓީމެއް އަތުން ބަލިވެ، ރެއާލްގެ އޮޑި ފެތިއްޖެކުޅިވަރު | 8 ދުވަސް ކުރިން