logoEN
ޚަބަރު

އަންހެން ކުއްޖާ ވެއްޓުނު ރޭގެ ސީސީޓީވީ ފޫޓޭޖް ޢާންމުކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

24 އޭޕްރީލު 2025 - 09:43

މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ހެންވޭރުގެ ގެއެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނުގެ ޙާދިސާގެ ސީސީޓީވީ ފޫޓޭޖް، ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފިއެވެ.

މި ސީސީޓީވީ ފޫޓޭޖް ފުލުހުން ޢާންމުކޮށްފައިވަނީ އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ. އަޑާއި މަންޒަރު ފެންނަ އަދި އިވޭ އެ ފޫޓޭޖްގައި އެ ޙާދިސާ ހިނގި ވަގުތާއި، އެ ހާދިސާ ހިނގި، ހ؛. ފެންޓެނޮއީ ގެއަށް ވަނުމުގެ ކުރިން ހިނގި ބައެއް މަންޒަރުތައް ހިމެނެއެވެ.

އެގޮތުން އެ ފޫޓޭޖުން ފެންނަ ގޮތުގައި، އެރޭ 04:30 ހާއިރު، ބުރުޒު މަގުގެ ގޯޅިއެއްގެ ތެރޭގައި ހުންނަ ހ. ފެންޓެނޮއީގެ ކުރިމައްޗަށް އެ މައްސަލަައިގައި ހިމެނޭ ހައްވާ ޔުމްނާ ދެއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ޔުމްނާގެ ފަހަތުން، އެ މައްސަލައިގައި ދެން ހިމެނޭ ރައުދު އަހުމަދު ޒިލާލް ވެސް ބުރުޒު މަގުން، މާފަންނާ ދިމާލަށް ދާތަން ފެނެއެވެ. ބެލެވޭ ގޮތުގައި އެ ވަގުތު ރައުދު ދަނީ ޔުމްނާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

އެ ވަގުތު ބުރުޒު މަގުން ސައިކަލުގައި އައި އެހެންމީހަކާ ރައުދު ވާހަކަދައްކާ މަންޒަރު ވެސް ފެނެއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން، ހ. ފެންޓެނޮއީ ހުންނަ ގޯޅިން ޔުމްނާ ނުކުމެ ރައުދުއަށް ގޮވުމުން، ޔުމްނާގެ ފަހަތުން ރައުދު ވެސް ހ. ފެންޓެނޮއީ ގެއަށް ވަންނަ މަންޒަރު ފެނެއެވެ.

އޭގެ ފަހުން ފެންނަނީ އެގޭގެ ސީސީޓީވީ ކެމެރާ ހުރި 7،8 އަދި 9 ވަނަ ފަންގިފިލާގައި އެ ދެ މީހުން ހަރަކާތްތެރިވާ މަންޒަރެވެ. އެގޮތުން އެ ތިން ފަންގިފިލާއަށް އަރައި ފައިބައި، ބަދު އަޚްލާގީ ޢަމަލު ހިންގާ މަންޒަރުގެ އިތުރުން، އެ ފަންގިފިލާތަކުގައި ހުރި އެޕާޓްމެންޓަކުގައި ޓަކިޖަހާ މަންޒަރު އެތަނުން ފެނެއެވެ.

އަދި އެރޭ ގަޑިން ގާތްގަޑަކަށް 04:52 ހާއިރު އެގޭގެ 9 ވަނަ ފަންގިފިލާއަށް އެރުމަށް ޔުމްނާ ދާ މަންޒަރާއި، އޭގެ ކުޑައިރުކޮޅެއް ފަހުން 7 ވަނަ ފަންގިފިލާއިން 9 ވަނަ ފަންގިލާއަށް ދިޔުމަށް ރައުދު މައްޗަށް އަރާތަން ވެސް ފެނެއެވެ. އަދި 8 ވަނަ ފަންގިލާގެ ސިޑިން ރައުދު މައްޗަށް އަރަނިކޮށް ބާރު އަޑެއް ވެސް އިވޭއިރު، ފުލުހުން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި އެ ބާރު އަޑަކީ އެ ޙާދިސާގައި ހިމެނޭ ޔުމްނު އެ ގެއިން ވެއްޓި، އެގެއާ އިންވެގެން ހުންނަ ހ. މިޓޮމާ ގޭގެ ފުރާޅުގައި ޖެހޭ އަޑެވެ.

ފުލުހުން މި ފޫޓޭޖްތައް ޢާންމުކޮށްފައިވާއިރު، މީގެ ދެ ރޭ ކުރިން ފުލުހުން ވަނީ ނޫސްވެރިންނަށް ޚާއްސަކޮށް، ރިކޯޑް ކުރެވޭ އެއްވެސް އާލާތެއް ވެއްދުން މަނާކޮށް ބަންދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އެރޭގެ ޙާދިސާގެ ރޯ ފޫޓޭޖް ފުލުހުން ދެއްކިއިރު، އެ ބައްދަލުވުމާ އެކު ނޫސްތަކުން ޚަބަރުތައް ރިޕޯޓުކުރަން ފެށުމާ ގުޅިގެން ، އެ ފޫޓޭޖްތަކަކީ އެޑިޓުކޮށްފައިވާ ފޫޓޭޖްތަކެއް ކަމުގައި ބުނެ ސޯޝަލް މީޑިޔާގައި ޢާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އަދި ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމުގައި އެރޭ ފުލުހުން ބުނި ބުނުމާއި ގުޅިގެން ވެސް، އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކޮމެންޓް

871x217_placeholder