logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަޕާނުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ 36.25 މިލިއަނަށް އަރައިފި

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
16 ސެޕްޓެމްބަރު 2024 - 06:55
ޖަޕާނުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ 36.25 މިލިއަނަށް އަރައިފި

ޖަޕާނުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ 36.25 މިލިއަނަށް އަރާފައިވާއިވާ ކަމަށް އެގައުމުގެ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖަޕާނުގެ މިނިސްޓްރީ އޮފް އިންޓާނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް އިން އާދީއްތަ ދުވަހު ބުނީ 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް 20.53 މިލިއަން މީހުންނަކީ އަންހެނުން ކަމަށާއި 15.72 މިލިއަން މީހުންނަކީ ފިރިހެނުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިދިޔަ އަހަރު އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ރެކޯޑް އަދަދަކަށް 9.14 މިލިއަން މީހުން ވަޒީފާ އަދާކޮށްފައިވާ އިރު، އެއީ ކޮންމެ ހަތް މުވައްޒަފަކުން އެކަކު ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޖަޕާނުގައި ވަޒީފާ އަދާކުރާ އުމުރުގެ މީހުންގެ އަދަދު މަދުވެ، އުމުރުން ދުވަސްވީ މީހުންނަށް ސިއްހީ ފަރުވާ އާއި ވެލްފެއާ ހަރަދުތައް އިތުރުވަމުންދާއިރު، ޖަޕާނުގައި މިހާރު ވަނީ ޑިމޮގްރަފިކް ކްރައިސިސް ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ޓޯކިޔޯގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗުން ލަފާކުރާ ގޮތުގައި 2040 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ އާބާދީގެ 34.8 ޕަސެންޓަކީ އުމުރުން ދުވަސްވީ ޖަޕާނު މީހުންނެވެ.

ޓޯކިޔޯގެ ތިންކް ޓޭންކެއް ކަމަށްވާ ރެކްރޫޓް ވޯކްސް އިންސްޓިޓިއުޓުން މިދިޔަ އަހަރު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައި ވަނީ ޖަޕާނުގެ އާބާދީ ކުޑަވުމުގެ ސަބަބުން 2040 ވަނަ އަހަރާ ހަމައަށް 11 މިލިއަނަށް ވުރެ ގިނަ މަސައްކަތްތެރިންގެ ދަތިކަން ކުރިމަތިވެދާނެ ކަމަށެވެ.

2023 ވަނަ އަހަރު އުމުރުން 65 އަހަރުން މަތީގެ މަސައްކަތްތެރިންގެ އަދަދު ޖެހިޖެހިގެން 20 ވަނަ އަހަރަށް ވަނީ ރެކޯޑް އަދަދަކަށް 9.14 މިލިއަނަށް އަރާފައެވެ. އޭގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ދާއިރާއިން 1.32 މިލިއަން މީހުން، މެޑިކަލް އެންޑް ވެލްފެއާ ދާއިރާއިން 1.07 މިލިއަން އަދި ސާވިސް ދާއިރާއިން 1.04 މިލިއަން މީހުން ހިމެނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހަތުން އަރައި ތިން ގޯލުޖަހައި ވަރުގަދަ ބްރެޒިލް ބަލިކޮށް ޖަޕާނު ތާރީޚުގެ ތެރެއަށްކުޅިވަރު | 9 ގަޑިއިރު ކުރިންއިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޖަޕާނުން ރާއްޖެއަށް 194 މިލިޔަން ޔެންގެ ހިލޭ އެހީއެއްޚަބަރު | 4 މަސް ކުރިން ޖަޕާނުގެ ބޮޑުވަޒީރަކަށް ޝިގެރޫ އިޝިބާދުނިޔެ | އަހަރެއް ކުރިންޖަޕާނުގައި ދަނޑުވެރިކަން ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި ޚަބަރު | އަހަރެއް ކުރިން