logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕީއެސްޖީގެ އިންވިންސިބަލް ސްޓޭޓަސް ގެއްލިއްޖެ

އަބްދުﷲ ޣާނިމް
26 އޭޕްރީލު 2025 - 08:10
ޕީއެސްޖީ ވަނީ މިސީޒަނުގައި ފުރަތަމަ ފަހަރަށް ލީގުގައި ބަލިވެފައި. ފޮޓޯޕީއެސްޖީ
ޕީއެސްޖީ ވަނީ މިސީޒަނުގައި ފުރަތަމަ ފަހަރަށް ލީގުގައި ބަލިވެފައި. ފޮޓޯޕީއެސްޖީ

ފްރެންޗް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ޕެރިސް ސެއިންޓް ޖަރމޭން (ޕީއެސްޖީ) އަށް މި ސީޒަންގައި ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑު ނިމުމަކަށް އައިސްފިއެވެ. ޕީއެސްޖީ ރޭގައި ބަލިވީ ނީސްއާ ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުންނެވެ.

މި ސީޒަންގައި މިހާތަނަށް ކުޅުނު 31 މެޗުން ޕީއެސްޖީ އަށް 78 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައިވާ މާސޭ އަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. މިއީ ޕީއެސްޖީ އަށް މި ސީޒަންގައި ލީގުން ލިބުނު ފުރަތަމަ ބަލިވުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނީސްގެ މޯގަން ސެންސަން ވަނީ ދެ ލަނޑު ޖަހާފައެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 34 ވަނަ މިނެޓުގައެވެ. ޕީއެސްޖީގެ ފަބިއަން ރުއިޒް ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗު އެއްވަރު ކުރި ނަމަވެސް، ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ސެންސަން އިތުރު ލަނޑެއް ޖެހިއެވެ.

މެޗުގެ ނަތީޖާ ނީސްގެ ކާމިޔާބީއަކަށް ބަދަލުކޮށްދިނީ މެޗު ނިމުމުގެ 20 މިނެޓު ކުރިން ޔޫސުފް އެންޑައިޝިމިޔޭ އެވެ. އޭނާ މި ލަނޑު ޖެހީ ނީސްއަށް ލިބުނު ހިލޭ ޖެހުމަކުން ބޮލުން ޖަހައިގެންނެވެ.
ރޭގެ މެޗުގައި ނީސް ގެ ކީޕަރުވަނީ ޕީއެސްޖީއިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއު ކޮށް، މިސީޒަނުގައި އެއްމެޗެއްގައި ލީގްވަން ގައި އެންމެ ގިނަ ސޭވް ކުރުމުގެ ރެކޯޑް ހަދާފައެވެ.

މެޗަށްފަހު ޕީއެސްޖީގެ ކޯޗް ލުއިސް އެންރީކޭ ވިދާޅުވީ ނީސްގެ ޑިފެންސް ލައިން ވަރަށް ވަރުގަދަ ކަމަށާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް އެޓޭކިން ގޭމެއް ކުޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ފްރާންސްގެ ލީގު 1 ގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުން ހަކީމީ އުނިކޮށްފިކުޅިވަރު | 3 ގަޑިއިރު ކުރިންޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ސެމީ ފައިނަލާ ގާތަށް ޖެހިލައިފިކުޅިވަރު | 2 ދުވަސް ކުރިންޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއިން ވޯލްޑް ޗެންޕިއަން ޗެސްލީ ހުތުރު ގޮތަކަށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | 24 ދުވަސް ކުރިންކުލަބް ވޯލްޑްކަޕްގެ ބަދަލުހިފައި ދެވަނަ ލެގުގެ ކުރިން ޕީއެސްޖީއަށް ބޮޑު މޮޅެއްކުޅިވަރު | މަހެއް ކުރިން