logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ސަރުކާރުން ދޮގުހަދާފަ ފިލީ، މިސަރުކާރުން އެހެނެއް ނުހަދާނެ: ސުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޭޕްރީލު 2025 - 08:31
 އެމްޑީޕީގެ ސަރުކާރުން ދޮގުހަދާފަ ފިލީ، މިސަރުކާރުން އެހެނެއް ނުހަދާނެ: ސުޖާޢު

މިދިޔަ އެމްޑީޕީގެ ސަރުކާރުން ދުލެއް ''ނުކުރާނަމޭ ބުނެ ރައްޔަތުންނަށް ދޮގުހަދާފަ ފިލީ ކަމަށާއި، ނަމަވެސް މިސަރުކާރުން އެހެނެއް ނުހަދާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ 23 އޭޕްރިލް 2019 ގައި އޭރުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ ޢަބުދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއް އެކްސްގައި ޝެއާ ކުރަށްވަމުންނެވެ. އެއީ ޔާމީން ރަޝީދު މަރާލިތާ ދެ އަހަރު ފުރުމުން ޔާމީންގެ ޢާއިލާ އިންނާއި ހެޔޮއެދޭ ފަރާތްތައް އިސްނަގައިގެން ޔާމީނަށް އިންސާފް ހޯދަން ގޮވާލައި ބޭއްވި ހިނގާލުކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ހިނގާލުމުގައި އޭރުގެ ރައީސް، އެމްޑީޕީގެ އިބްރާހީމް މުހައްމަދު ސޯލިހާއި އެ ސަރުކާރުގެ ބައެއް ވެރިން ވެސް ބައިވެރިވިއެވެ.

އީވާގެ ޕޯސްޓްގައި ''އަނިޔާވެރި މަރުގެ ދެ އަހަރު ފަހުން، ވަގަށް ނެގުމުގެ ހަތަރު އަހަރު ފަހުން،'' އާއިލާތަކާއި ލޯބިވާ މީހުންނަށް ޙަޤީޤަތް އެނގި، ކޮންމެވެސް ވަރެއްގެ އިންސާފު ލިބިދާނެކަމުގެ އުންމީދެއް އޮތްކަމަށް ވަނީ ލިޔުއްވާފައެވެ.

ނަމަވެސް އެމްޑީޕީގެ ސަރުކާރު ނިމިގެން ދިޔައިރު ވެސް އެމަރުތަކަށް އިންސާފެއް ނުހޯދުނެވެ. އެ މަރުތަކަށް އިންސާފް ހޯދައިދިނުމަކީ އެމްޑީޕީން ކެމްޕޭންގައި ވިއްކި އެންމެ ބޮޑު އެއް ވައުދެވެ. ނަމަވެސް އެމްޑީޕީ އެކަމުން ވަނީ ފެއިލް ވެފައެވެ.

''އެމްޑީޕީގެ ސަރުކާރުން ދުލެއް ނުކުރާނަމޭ ކިޔާ ދޮގުހަދާފަ ފިލީ. މިސަރުކާރުން އެހެނެއް ނުހަދާނެ.'' އެމްޑީޕީ އަށް އިޝާރާތްކުރަށްވައި ޝުޖާޢު ވިދާޅުވެފަވެއެވެ.

 

 

އެމްޑީޕީން އެ މަރުތަކަށް އިންސާފް ހޯދައިދޭންކަމަށް ބުނެ، އޭރު ރައީސް ސޯލިހް މަރުކޮމިޝަނެއް ވެސް އުފެއްދިއެވެ. މިލިއަނުން ބޭކާރު ޚަރަދު ކުރުމަށްފަހު މި ކޮމިޝަނަށް ވެސް އެއްވެސް ނަތީޖާއެއް ނުހޯދުުނެވެ. ވީހާވެސް ކަމަކީ އެކްޓިވިސްޓުން ކޮޅަކަށް މުސާރަ ދިނުމެވެ.

ނަމަވެސް، މިހާރު ދިމާވެގެން އުޅޭ ކަމުގައި މި ސަރުކާރުން ދަނީ ޒުވާނުންގެ އަޑު އަހަމުން، ހިކުމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅަމުންނެވެ. ޒުވާނުންނަށް ޝުޢޫރު ފާޅު ކުރުމުގެ ފުރުސަތު ދީފައިވާއިރު، އޭގެ ތެރެއަށް ވެސް އެމްޑީޕީން ވަދެގަނެ ނާޖާއިޒް ފައިދާ ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާނުވާ ބަންދު ތައާރަފުކުރީ ރައީސް ނަޝީދު، އިތުރުކުރީ ރައީސް ޔާމީން: މެމްބަރު ޝުޖާއުޚަބަރު | 3 މަސް ކުރިންރާއްޖޭގައި ކުރެވޭ އިންވެސްޓުމެންޓުތައް އިތުރުކުރުމަށް އެސްއީޒެޑް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި ޚަބަރު | 5 މަސް ކުރިންރައީސް މުޢިއްޒަކީ އޯގާތެރި ވެރިއެއް، ޔާމީނުނަމަ މޫނު ކުނިކުރާނެ، އިބޫ ނަމަ މުޅިތަން ބަންދުކުރާނެ: ޝުޖާޢުޚަބަރު | 6 މަސް ކުރިންޝިއާރުތައް ހިމެނޭ ބެނާތައް ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ: ޝުޖާޢުޚަބަރު | 6 މަސް ކުރިން