logo
Bank of Maldives

Bank of Maldives

ޚަބަރު

މުޖުތަމައު ބަލިތަކުން ރައްކާތެރިކުރުމަށް ވެކްސިން ޖެހުން މުހިންމު: އެޗްޕީއޭ

އާމިނަތު ޝަފާ
27 އޭޕްރީލު 2025 - 06:16
މުޖުތަމައު ބަލިތަކުން ރައްކާތެރިކުރުމަށް ވެކްސިން ޖެހުން މުހިންމު: އެޗްޕީއޭ

ވެކްސިން ޖަހައިގެން ކޮންޓްރޯލް ކުރެވޭ ވަރަށް ގިނަ ގައިންގަޔަށް އަރާ ބަލިތައް، ރާއްޖޭގައި މަދު ކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އިމިއުނިޒޭޝަން ހަފްތާ އާއި ގުޅިގެން އެޗްޕީއޭ އިން އާއްމުކޮށްފައިވާ ވީޑިއޯ އެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒުލާ ރަފީޤް ވިދާޅުވީ ބައެއް ބަލިތައް އެއްކޮށް ރާއްޖެއިން ނައްތާލެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޕޯލިއޯ، ނެއޯ ނޭޓަލް ޓެޓްނަސް، މީސަލްސް އަދި ރުބެއްލާ ފަދަ ބަލިތައް ރާއްޖެއިން ނައްތާލާފައިވާ ކަމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުންވެސް ޕާރޓަސިސް ނުވަތަ ހޯގޮވާ ކެއްކުން ފަދަ ވެކްސިން ޖަހައިގެން ކޮންޓްރޯލް ކުރެވޭ ބަލިތައް ރާއްޖެއިން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ނަޒުލާ ވިދާޅުވިއެވެ.

ނަމަވެސް ވެކްސިން ޖަހާ މިންވަރު މަދުވެއްޖެނަމަ ރާއްޖޭގައި އަނެއްކާވެސް މީގެ ތެރެއިން ބައެއް ބަލިތައް ފެތުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އެކަން 2020 ވަނަ އަހަރުގެ ކުރީ ކޮޅު ފެތުރުނު މީސަލްސް އައުޓް ބްރޭކުން ފާހަގަކުރެވިފައިވާ ކަން ނަޒްލާ ފާހަގަކުރެއްވިއެވެ.

އެހެން ކަމުން ވެކްސިން އެ ޖަހަންޖެހޭ ވަގުތުގައި ދިނުމަށް ސަމާލުކަން ދިނުމަކީ މުޅި މުޖުތަމަޢު ބަލިތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމުކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭސްވެރިކަމުގެ ގައުމީ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތްކުރަނީޚަބަރު | 3 މަސް ކުރިންއައިއެސްޑީބީއިން 4 ލައްކަ ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ސިއްހީދާއިރާއަށް ހަދިޔާކޮށްފިޚަބަރު | 3 މަސް ކުރިންމެމޮގްރަފީގެ ޚިދުމަތް ބ.އަތޮޅުގައި ފަށައިފިޚަބަރު | 7 މަސް ކުރިންލޮލުގެ ފަރުވާއަށް ހާއްސަ މޯލްޑިވްސް ސްޕެކްސް 2030 އިނީޝިއޭޓިވް އިފްތިތާހުކޮށްފިޚަބަރު | 8 މަސް ކުރިން