logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީރު މުއްޠަލިބް މަޖިލީހަށް ހާޒިރުކުރަނީ

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، އަބްދުﷲ މުއްތަލިބް -- ފޮޓޯ: ރައީސް އޮފީސް
އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، އަބްދުﷲ މުއްތަލިބް -- ފޮޓޯ: ރައީސް އޮފީސް

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، އަބްދުﷲ މުއްތަލިބް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

ވަޒީރު މުއްތަލިބް މަޖިލީހަށް ހާޒިރުކުރަން އެޖެންޑާކޮށްފައި ވަނީ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސްއާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމްގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވެލިދޫ ދާއިރާގެ މެންބަރު ސުވާލު ކުރައްވާނީ، ނ.ޅޮހީގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި ބެހޭ ގޮތުންނެވެ. މި މަސައްކަތް ފެށިގެން ކުރިއަށްދާތާ އެތައް ދުވަހެއްވީއިރުވެސް އެ މަސައްކަތް ނިންމާލެވިފައިނުވުމުން، އެ ނިޒާމުގެ ބޭނުން ރައްޔިތުންނަށް ނުކުރެވޭކަން މެންބަރު ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މެންބަރު ޢައްބާސް ވަޒީރުގެ ކިބައިން ސާފުކޮށްދެއްވަން އެދިފައިވަނީ، ނ.ޅޮހީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ނިންމުމަށް ފެއްޓޭނެ ތާރީޚަކާއ،ި އެ މަސައްކަތްތައް ނިންމައި އެ ނިޒާމުގެ ބޭނުން ރައްޔިތުންނަށް ކުރެވޭނެ ތާރީޚެކެވެ.

މިއާއެކު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ސުވާލު ކުރައްވާނީ، ބިންވެރިޔާ ސްކީމްއާއި ގުޅިގެންނެވެ. އެގޮތުން މެންބަރު މީކާއިލް ވަޒީރުގެ ކިބައިން އެދިފައި ވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް ހައުސިންގ ޑިވޮލެޕްމަންޓް ކޯޕަރޭޝަނުން ގޯތިތަކެއް ހަވާލުކުރަން މަސައްކަތްކުރިކަން ހާމަވެފައިވާއިރު، މި މައްސަލައިގެ ތަޙުޤީޤަށް ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް ހައުސިންގ މިނިސްޓްރީ އަނދައިދިޔުމުގައި ނެތިގޮސްފައި ވޭތޯ އެވެ.

މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ވަޒީރުން ހާޒިރުކޮށްގެން މަޖިލީހުގެ ތެރެއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

42 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައިފިޚަބަރު | 23 ދުވަސް ކުރިންގުޅީފަޅުން ގޯތި ލިބުނު 2241 މީހަކާ ރަޖިސްޓްރީ ހަވާލުކޮށްފިޚަބަރު | މަހެއް ކުރިންގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީއާ ހަވާލުވާން ފަހު ފުރުސަތުޚަބަރު | މަހެއް ކުރިންގުޅީފަޅުން ގޯތިލިބުނު 2000 އަށްވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ދޫކޮށްފިޚަބަރު | މަހެއް ކުރިން