logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެންޓޯނިއޯ ރުޑިގަރ އަށް ބޮޑު ސަސްޕެންޝަނެއް އަތުވެދާނެ - ރިޕޯރޓްަސް

އަބްދުﷲ ޣާނިމް
27 އޭޕްރީލު 2025 - 11:40
ރޭގެ މެޗުތެރެއިން ރުޑިގަރ ހިތްހަމަނުޖެހުން ފާޅުކުރަނީ. ފޮޓޯ: ބީބީސީ
ރޭގެ މެޗުތެރެއިން ރުޑިގަރ ހިތްހަމަނުޖެހުން ފާޅުކުރަނީ. ފޮޓޯ: ބީބީސީ

ރިއަލް މެޑްރިޑް އަދި ބާސެލޯނާ ބައްދަލުކުރި ކޯޕާ ޑެލް ރޭ ފައިނަލްގައި ހިނގި ހާދިސާއަކާ ގުޅިގެން ރިއަލް މެޑްރިޑްގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގަރ 4 އާއި 12 ދެމެދުގެ މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވެދާނެ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

އިތުރުވަގުތާއެކު 120 މިނެޓް ކުޅުމަށްފަހު ޖުލްސް ކޮންޑޭގެ ލަނޑަކުން ބާސެލޯނާ ކަށަވަރުކުރި މި މެޗުގެ ފަހުވަގުތު، ރުޑިގަރު ރެފްރީ ޑި ބަރގޯސް ބެންގޮއެޓެކްސެއާ ދިމާލަށް އައިސް ޕެކެއް އެއްލި މަންޒަރު ކެމެރާތަކުން ފެނިގެން ގޮސްފައިވެއެވެ. ރުޑިގަރ ހިތްހަމަނުޖެހުން ފާޅުކުރީ އެމްބާޕޭ އެރިކް ގާސިއާއަށް ފައުލެއް ހެދުމުން ރެފްރީ އެކަމާމެދު ފިޔަވަޅު ނޭޅުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޕެއިންގެ ރޭޑިއޯ ނެޓްވާރކް ކަޑޭނާ ސެރުން ބުނާ ގޮތުގައި ރުޑިގަރުގެ މި ހަރަކާތަކީ ޑިސިޕްލިނަރީ ކޯޑުގެ 101 ވަނަ މާއްދާގެ ދަށުން އަދަބު ލިބިދާނެ ކަމެކެވެ. މެޗު އޮފިޝަލުންނާ ދެކޮޅަށް ކުރާ ސީރިއަސް ކުށްތަކަށް މި މާއްދާގެ ދަށުން 4 އިން 12 މެޗުގެ ސަސްޕެންޝަނެއް ދެވިދާނެއެވެ.

މި މައްސަލައިގައި ރިއަލް މެޑްރިޑުން ރުޑިގަރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، އޭނާއަށް އެއްވެސް ސަސްޕެންޝަނެއް ދީފިނަމަ އެކަމާ ދެކޮޅަށް އިސްތިއުނާފު ކުރާނެ ކަމަށް ވަނީ ބުނެފައެވެ. މި މައްސަލައިގައި ކޮމްޕެޓިޝަން ކޮމިޓީން މިއަދު ވެސް ނިހާއީ ނިންމުމެއް ނިންމާނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑް އެކަނި އެންމެ ފަހުން ހަތިޔާރު ބަހަަށްޓައި ސުޕަލީގު ދޫކޮށްލުމަށް ޔުއޭފާއާއެކު އެއްބަސްވުމަކަށް އައިސްފިކުޅިވަރު | 36 މިނިޓު ކުރިންމުޙިންމު ކުޅުންތެރިންތަކެއް މަދުކޮށް ކުޅުނު ރެއާލްއިން އުނދަގޫ މޮޅެއް ހޯދައި ބާސެލޯނާއާއި އެއްޕޮއިންޓާ ގާތަށް ޖެހިލައިފިކުޅިވަރު | 3 ދުވަސް ކުރިންޕެނަލްޓީ އެފްސީ އަނެއްކާވެސް ޕެނަލްޓީގެ ބާރުގައި ފަހުވަގުތު މޮޅުވެ ބާސާއަށް ޕްރެޝަރުކޮށްފިކުޅިވަރު | 11 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެކޮޅަށް ސަޕޯޓަރުން ވަރުގަދަ މުޒާހަރާއެއް ރާވަނީކުޅިވަރު | 12 ދުވަސް ކުރިން