logo
MPL

MPL

ކުޅިވަރު

މެންޗެސްޓަރ ސިޓީ އެފްއޭކަޕްގެ ފައިނަލަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
28 އޭޕްރީލު 2025 - 04:22
މެޗަށްފަހު ގުއާޑިއޯލާ ސަޕޯޓަރުންނާއެކު އުފާފާޅުކުރަނީ. ފޮޓޯ: މެންޗެސްޓަރ ސިޓީ
މެޗަށްފަހު ގުއާޑިއޯލާ ސަޕޯޓަރުންނާއެކު އުފާފާޅުކުރަނީ. ފޮޓޯ: މެންޗެސްޓަރ ސިޓީ

އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ. މިއީ މި މުބާރާތުގެ ފައިނަލުގައި އެ ޓީމުން ޖެހިޖެހިގެން ކުޅޭނެ ތިންވަނަ ފަހަރެވެ.

ފޮރެސްޓުގެ ދަނޑުގައި ކުޅެވުނު މި މެޗުގައި މެންޗެސްޓަރ ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ މިނިޓުގައި މަޓިއޯ ކޮވަސިޗް ދިން ބޯޅައަކުން ރިކޯ ލުވިސް އެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 51 ވަނަ މިނިޓުގައި އޮމަރ މަރްމޫޝް ނެގި ކޯނަރަކުން ގްވަޑިއޯލް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ދެވަނަ ހާފުގައި ނޮޓިންހަމް ފޮރެސްޓަށް މެޗުގެ ނަތީޖާ އެއްވަރު ކުރުމުގެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އެގޮތުން ކަލަމް ހަޑްސަން އޮޑޯއި އަރިމަތިން ހުރަސް ކުރި ބޯޅަ އެންތޮނީ އެލަންގާ އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ނަމަވެސް އެ ބޯޅަ ވަނީ ގޯލުގެ ދަނޑި ކައިރިން ބޭރުވެފައެވެ.

ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ސިޓީ އަށް މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު، އެ ޓީމަށް މި ސީޒަނުގައި ކާމިޔާބު ކުރެވެން އޮތް ހަމައެކަނި މުބާރާތަކީ މިހާރު އެފްއޭ ކަޕް އެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓަރ ސިޓީ ކުޅޭނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރީމިއަރ ލީގުގެ އެންމެ ކާމިޔާބު އެއްކޯޗު ގާޑިއޯލާ ދޫކޮށްލައި ސިޓީގެ ކޯޗުކަން މަރެސްކާ އާއި ހަވާލުކުރަނީކުޅިވަރު | 3 މަސް ކުރިންސެމެންޔޯގެ ލަނޑުން ޗެލްސީ ބަލިކޮށް މެންޗެސްޓަރ ސިޓީއިން ސީޒަނުގެ ދެވަނަ ތަށި އުފުލާލައިފިކުޅިވަރު | 3 މަސް ކުރިންއާސެނަލްގެ ސަޕޯޓަރުންނަށް ތައްޔާރުކުރި ހިތިފަތުފެން ސިޓީގެ ސަޕޯޓަރުން ބޮއެފިކުޅިވަރު | 3 މަސް ކުރިންސައުތެމްޕްޓަން ބަލިކޮށް މެންޗެސްޓަރ ސިޓީ އެފްއޭ ކަޕް ފައިނަލަށްކުޅިވަރު | 4 މަސް ކުރިން