ޒުވާނުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަދޭނެ: ރައީސް


28 އޭޕްރީލު 2025 - 08:12
މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް މިމަހުގެ 18 ވަނަ ދުވަހު ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާ އަށް އިންސާފު ހޯދައިދިނުމަށް އެދި މިހާރުމާލޭގައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާގައި އެ ޒުވާނުން ފާޅު ކުރަމުން އަންނަ ކަންބޮޑުވުންތަކާ އެ މީހުންގެ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.
މި އެއްވުމުގައި ޒުވާނުން ދަނީ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާ ކުރަމުންނެވެ. އެއްވުމުގައި ވާހަކަ ދައްކާ ޒުވާނުން ބުނަނީ އެ މީހުން ބޭނުން ވަނީ އިންސާފު ގާއިމް ކުރުމަށް ކަމަށެވެ. އަދި ޒުވާނުން މަގުމައްޗަށް ނިކުމެ ތިބީ އިންސާފު ހޯދުމަށް ކަމަށެވެ.
އެ މީހުން ކުރާ މުޒާހަރާއެއްގައި ގައުމެއް ނުހުއްޓޭނެ. ކަމަށާ ބޭނުންވަނީ އިންސާފު ކަމަށް ޒުވާނުން ބުނެ އެވެ.
މާލޭގައި ކުރަމުން އަންނަ މުޒަހަރާގައި ޒުވާނުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދޅަުވީ އެމަނުކުފާނު އިއްޔެ މެލޭޝިއާ އަށް ފުރާވަޑައިގަތުމުގެ ކުރީން މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. ރައީސް ވަނީ ޒުވާނުންގެ ކަންބޮޑުވުންތަކާއި، ޝަކުވާތަކާއި، ޝުޢޫރުތައް އަޑުއައްސަވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.އެމަނިކުފާނަށް އެންމެ މުހިންމީ، ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާއި ކުރެއްވި ހުވާކަމަށާއި، އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވޭނޭ އެއްވެސް ފަރާތެއް ނުހުންނާނޭ ކަމަށް މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރައްޔިތުންގެ ކަންވޮޑުވުންތަކާއި ޝުޢޫރުތައް އަޑުއެއްސެވުމުގައި ފަސްޖެހިވަޑައިނުގަންނަވާނޭ ކަމަށާއި، އެ ކަންބޮޑުވުންތައް އަޑުއައްސަވާނީ ވެސް، އެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވާނީވެސް، އަދި އެކަންކަމާ ގުޅޭ ފިޔަވަޅުތައް އަޅުއްވާނީވެސް ތަހުޒީބުކަމާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަސްދީގަތުމުގައި އެ އެމަނިކުފާނު ވަނީ، ޒުވާނުންގެ ކަންބޮޑުވުންތަކާއި ޖަޒުބާތުގެ ނާޖާއިޒު ފައިދާ ނަގައި، އެ ޝުޢޫރުތައް ބޭނުންކޮށްގެން ސިޔާސީ ގޮތުން ޤައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ ފަރާތްތަކަށް އެ ފުރުޞަތު ނުދިނުމަށް އިލްތިމާސްކުރައްވާފައެވެ. ފަރުދީ އަދި ޖަމާޢީ ފެންވަރުގައިވެސް ދިވެހީންނަށް މަސްލަޙަތު އޮތް ގޮތަކީ، ޤައުމުގައި ހަމަޖެހުން ޤާއިމުވެފައި އޮތުންކަން ހަނދާންކޮށްދެއްވަމުން، އެކަން ކަށަވަރުކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މުޒާހަރާ ކުރާ ޒުވާނުން ވަނީ ސަރުކާރަށް 10 ޑިމާންޑެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ކޮމިޝަނެއް އުފެއްދުމާ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އަދި ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދެއްވުމަށެވެ. މީގެ އިތުރުން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އިސްތިއުފާ ދެއްވުމަށެވެ. މި ޑިމާންޑުތަށް ކޮށްފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރުގެ މަގާމުން ސުޖާއު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ތުހުމަތުވާ ހުރިހާ އެންމެން ހައްޔަރު ކުރުމަށްވެސް މުޒަހަރާގެ ބައިވެރިން ޑިމާންޑު ކުރެ އެވެ.ޔުމްނު ވެއްޓުނުއިރު އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރު ކޮސްފަ އެވެ. އަދި މި މައްސަލާގައި ހިމެނޭ އެންމެންގެ ފޯނު ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.
ޒުވާނުންގެ ޑިމާންޑުތަކާ އެއްގޮތަށްރައީސް ވަނީ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަޙުޤީޤުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޚާއްޞަ ކޮމިޝަނެއް އުފައްދަވާފަ އެވެ.
"2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ނަމުގައި އުފެއްދެވި މި ކޮމިޝަނުގެ މަޤްޞަދަކީ މި ހާދިސާއާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރުހިފޭ ތަޙުޤީޤެއް ކުރުމެވެ. އަދި މި ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.
ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ ޑރ. މުޙައްމަދު މުނައްވަރު (ގ. ހަސަންކާރިގެ)، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު (ވ. އަލްމާން) އަދި ޑރ. މުޙައްމަދު ޙަބީބު (ސ. ހިތަދޫ، ސީސަންމާގެ) އެވެ. ކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވަނީ ޑރ. މުޙައްމަދު މުނައްވަރެވެ.
މި ކޮމިޝަނަށް ވަނީ ފުޅާ ދާއިރާއެއްގައި ބާރުތަކާއި އިމްތިޔާޒުތައް ދެއްވާފައެވެ. މީގެ ތެރޭގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި، ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން ހިމެނެއެވެ. އަދި ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކުރުމާއި، ބޭނުންވާ ލިޔެކިޔުންތަކާއި ހެކި ހޯދުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިގެންވެއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން