logo
E-Platinum
ޚަބަރު

ބަންޑާރަ ބިން ދޫކުރުމުގައި ޤާނޫނީ ހައްލެއް ހޯދަނީ

އަޙްމަދު ޒަލީފް
28 އޭޕްރީލު 2025 - 08:56
ބަންޑާރަ ބިން ދޫކުރުމުގައި ޤާނޫނީ ހައްލެއް ހޯދަނީ

ދާއިމީ ގޮތެއްގައި ބަންޑާރަ ގޯތި ދީގެން ކުރިއަށް ދިއުމަކީ ދަތި ކަމަކަށް ވެދާނެ ކަމަށާއި އެހެންކަމުން އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް އެދިވަޑައިގެންފައެވެ. 

މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވިދާޅުވީ ބަންޑާރަ ގޯތި ހިލޭ ބެހުމަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގައި ކުރަމުންދާ ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ބޯހިޔާވަހިކަމަށް ދުވަހަކުވެސް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

IMG_6335.jpeg

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް

"ބަންޑާރަ ގޯތި ގާނޫނެއްގެ ތެރެއަށް ގެނެސްގެން މަޖިލީހުން އެއަށް ހަލެއް ހޯހައި ދިނުމަކީ އަޅުގަނޑު އެދޭ ކަމެއް. އެހެންނަމަވެސް ތިޔަ ވިދާޅުވި ގޮތަށް ކުރިއަށްދާއިރުގައި އަޅުގަނޑު މެންނަށް ދާއިމީ ގޮތެއްގައި ބަންޑާރަ ގޯތި ދީގެން ކުރިއަށް ދިއުމަކީ ދަތި ކަމަކަށް ވެދާނެ"، މުއްތަލިބް ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވަނީ ބަންޑާރަ ގޯތިތަކެއް ކަމަށާއި، ބަންޑާރަ ގޯތި ދޫކުރުމަކީ ރާއްޖެއަށް ވަރަށް ޚާއްސަ ސިފައެއް ކަމަށެވެ. 

"އިނގިރޭސި ބަހުން ދަންނަވާ ކަމުގައި ވާނަމަ 'ފްރީހޯލްޑް'ގެ ގޮތުގައި ދިރިއުޅުމަށްޓަކައި ބިން ދިނުމަކީ ރާއްޖެއަށް ވަރަށް ޚާއްސަ ކަމެއް، އެހެންވީމަ މިފަދަ ހިސްޓޮރިކަލީ އަދި ކަލްޗަރަލީ ވެސް ރާއްޖެއަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވިފައި އޮތް ކަމެއް އެ ސިޔާސަތު ބަދަލު ކުރުމަކީ އަޅުގަނޑަށް އެކަނި ލިބިގެންވާ ބާރެއް ނޫން"، މުއްތަލިބް ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލޭގައި އަޅަނީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ޚަބަރު | 2 މަސް ކުރިންގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން މިއަދު 2:30 ގައިޚަބަރު | 2 މަސް ކުރިންބަންޑާރަ ބިން ދޫކުރުމުގައި ޤާނޫނީ ހައްލެއް ހޯދަނީ ޚަބަރު | 3 މަސް ކުރިންއައްޑޫގެ ލިންކް ރޯޑާއި މަގުތައް އަދި ފެން ހިންދާ ނިޒާމު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 4 މަސް ކުރިން