މަރާމާތަށް ރަސްފަންނު ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފި
10 އޭޕްރީލު 2026 - 04:03

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ސަރަޙައްދު މަރާމާތުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބަންދުކޮށްފި އެވެ.
އެ މިނިސްޓްރީން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް 09 އޭޕްރިލް 2026 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސައްކަތް ހިނގާ މުއްދަތުގައި، މި މަސައްކަތް ކުރިއަށް ގެންދާ ސަރަޙައްދުތައް ވަގުތީގޮތުން ބަންދުކުރަމުންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Ad by Hajj Corporation
މިނިސްޓްރީން އިތުރަށް ބުނީ، މަރާމާތުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި، އެ ސަރަޙައްދުގެ އެކި ބައިތައް ވަގުތީގޮތުން ބަންދުކުރަމުންދާނެ ކަމަށެވެ. މިގޮތުން މަސައްކަތް ހިނގަމުންދާ ވަގުތުތަކުގައި އެ ސަރަޙައްދަށް އާންމުން ވަދެއުޅުމަކީ މަނާކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެ އެވެ.
މި ސަރަހައްދު މިހާރު ބަންދުކޮށްފައިވާއިރު، ރަސްފަންނުގެ މަަސައްކަތް އެއްކޮށް ނިންމާލައި އަލުން އާންމުކޮށް ހުޅުވާލާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.
ރަސްފަންނަކީ މާލޭގެ ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަޖައްސާލުމަށާއި، އާއިލާއާ އެކު ވަގުތު ހޭދަ ކުރުމަށް ބޭނުންކުރާ މުހިންމު ސަރަޙައްދަކަށްވާއިރު، އެ ސަރަޙައްދުގެ ވަސީލަތްތައް އާބާތުރަފިލުވައި، ރަސްފަންނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ވަނީ ރަސްފަންނު ތަރައްގީ ކުރުމުގެ މަޝްރޫއުތައް އެކި ފަހަރު މަތިން ހިންގައިފަ އެވެ.

.gif&w=1920&q=75)
