logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްފަންނު މޫދުގައި އިތާ ހުރުމުން ސަމާލުވާން އެދިއްޖެ

އައިޝަތު ނަޝާ
17 ޖެނުއަރީ 2026 - 10:52
ރަސްފަންނު މޫދުގައި އިތާ ހުރުމުން ސަމާލުވާން އެދިއްޖެ

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ވެލިގަނޑު ތެރޭގައި ވަރަށް ތޫނު އިތާތަކެއް ހުރުމުގެ ސަބަބުން، އެ ސަރަހައްދަށް މޫދަށް އެރޭ ފަރާތްތަކުން ސަމާލުވުމަށް ގޮވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މައުލޫމާތު ހިއްސާކުރައްވާފައިވަނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާއެވެ. އޭނާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ،ރަސްފަންނު މޫދުގައި ގިނަ އަދަދަކަށް ތޫނު އިތާ އެބަހުރި ކަމަށާއި، އެތަނަށް މޫދަށް އެރޭ މީހުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުސްތަފާ ވަނީ އޭނާ އެ ސަރަހައްދުން ނަގާފައިވާ ބައެއް އިތާތަކުގެ ފޮޓޯތައް ވެސް އާންމުކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި މިއީ ކޮޅު ވަރަށް ތޫނުކޮށް ހުންނަ "ޕެން ކްލޭމް" އެވެ. މި ބާވަތުގެ އިތާ އާންމުކޮށް ހުންނަނީ މޫދުގެ ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި ކަމަށާއި، ބޭރަށް ފެންނަން ހުންނަނީ އޭގެ ވަރަށް ކުޑަ މިންވަރެއް ކަމަށް އޭނާ ބުނެފައިވެއެވެ.

އިތަޔަކީ ވަރަށް ހަރު، ތޫނު ތޮށިގަނޑެއް އޮންނަ އެއްޗެކެވެ. އޭގެ މައްޗަށް ފައި އެރުމުން ފުންކޮށް ކަފައިގެން ގޮސް، ސީރިއަސް ޒަހަމްތަކެއް ލިބުމުގެ ފުރުސަތު ބޮޑެވެ. ކަނޑުފަޅުގެ ލޮނާއި ވެލީގައި ހުންނަ ބެކްޓީރިއާގެ ސަބަބުން މިފަދަ ޒަހަމްތަކުން އިންފެކްޝަން އުފެދުމުގެ ނުރައްކާ ވަރަށް ބޮޑެވެ. ރަސްފަންނަކީ ގިނަ ބަޔަކު ބޭނުންކުރާ ތަނަކަށް ވުމުން، ކުޑަކުދިންނާއި، ރަސްފަންނަށް އެރި އުޅޭ މީހުންނަށް މިކަމުގެ ނުރައްކާ ބޮޑެވެ.

ޒަހަމްވި ތަން ސާފު ފެނުން ރަނގަޅަށް ދޮވެ، ވެއްޔާއި ކުނިތައް ފިލުވާލަންވާނެއެވެ. ފެނާއި މަޑު ސައިބޯނި ބޭނުންކޮށްގެން ދޮވުމަކީ އެދެވިގެންވާ ކަމެކެވެ. ތޮށިގަނޑުގެ އެތިކޮޅެއް ހަރުލާފައި ހުރިނަމަ، ފަރުވާތެރިކަމާއެކު ނަގާށެވެ. ލޭ މަނާކުރުމަށްޓަކައި މަޑުމަޑުން ފިއްތާލައިގެން ހުންނާށެވެ. ލޭ މަނާވުމުން އެންޓިސެޕްޓިކެއް ބޭނުންކޮށްގެން ޖަރާސީމު ފިލުވާލަން ޖެހޭނެއެވެ. އިތުރަށް ހަޑިވިޔަނުދިނުމަށްޓަކައި ސާފު، ހިކި ބެންޑޭޖަކުން ނުވަތަ ފޮތިކޮޅަކުން ނިވާކުރާށެވެ.

ޒަހަމް ފުންނަމަ، ލޭ މަނާނުވާނަމަ، ނުވަތަ ރަތްވުމާއި، ދުޅަވުމާއި، ދޮސްގަތުން ފަދަ އިންފެކްޝަންގެ އަލާމާތެއް ފެންނަނަމަ ވަގުތުން ޑޮކްޓަރަށް ދައްކަންވާނެއެވެ. ހަކުރު ބަލި ހުންނަ މީހުން ނުވަތަ އިމިއުން ސިސްޓަމް ދެރަ މީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

މީގެ އިތުރުން، ކަނޑުމަތީގެ އަނިޔާތަކުން ދިފާއުވުމަށް ޓެޓްނަސް އިންޖެކްޝަން ޖަހާފައިވޭތޯ ޔަގީންކުރަންވާނެއެވެ. ޒަހަމް އެއްކޮށް ފަސޭހަވަންދެން މޫދަށް އެރުމުން ދުރުހެލިވާން ޖެހޭނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްފަންނު މޫދުގައި އިތާ ހުރުމުން ސަމާލުވާން އެދިއްޖެޚަބަރު | 2 ގަޑިއިރު ކުރިންދެ ކުންފުންޏަކާ ހަވާލުކޮށް ރަސްފަންނުގެ މަސައްކަތް މިމަހު ފަށަނީ ޚަބަރު | 5 މަސް ކުރިންރަސްފަންނު ސަރަހައްދަށް މޫދަށް ނޭރުމަށް އިލްތިމާޞްކޮށްފި ޚަބަރު | 9 މަސް ކުރިންރޯދައަށްފަހު ރަސްފަންނާއި ސަލްޓަން ޕާކު ތަރައްޤީ ކުރަނީ ޚަބަރު | 10 މަސް ކުރިން