logo
Bank of Maldives

Bank of Maldives

ދުނިޔެ

ލުބުނާނު ސަރުކާރުންވެސް އިސްރާއީލުގެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރަންޖެހޭ

އާމިނަތު ޝަފާ
29 އޭޕްރީލު 2025 - 04:42
ލުބުނާނު ސަރުކާރުންވެސް އިސްރާއީލުގެ ހަމަލާތައް ހުއްޓުވުމަށް  މަސައްކަތްކުރަންޖެހޭ

އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް ލުބުނާނު ސަރުކާރުންވެސް އެއްބާރުލުންދީ އިތުރަށް މަސައްކަތްކުރުމަށް ހިޒުބުﷲގެ އިސްވެރިއެއްކަމަށްވާ ނައީމް ގާސިމް ގޮވާލައްވައިފިއެވެ.

ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް އިއްޔެ އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ނައީމް ވިދާޅުވީ ހިޒުބުﷲއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށާއި ނަމަވެސް އިސްރާއީލުން ހަމަލާތައް ދެމުން ގެންދާ ކަމަށެވެ. ވުމާއެކު ލުބުނާނުގެ ސަރުކާރުން މި ހަމަލާތައް ހުއްޓުވުމަށް އެއްބާރުލުންދީ އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ނައީމް ވިދާޅުވިއެވެ.

ހަަމަލާތަކާ ގުޅިގެން އިސްރާއީލުން ނެރުނު ބަޔާނުގައި ބުނީ އިސްރާއީލުން ލުބުނާނަށް އަމާޒުކޮށް މި މަހުއެކަނިވެސް 50 އަަށް ވުރެ ގިނަ ހަމަލާދީފައިވާކަމަށާއި މި ހަމަލާތައް ދީފައިވަނީ އިސްރާއީލަށް ހިޒުބުﷲގެ ސަބަބުން ނުރައްކާވާތީކަމަށެވެ.

އިއްޔެ އިސްރާއީލުން ބެއިރޫތުގެ ދެކުނު ސަރަހައްދަށް ދިން ހަމަލާއަކީ ނޮވެމްބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު އެ ސަރަހައްދަށް ދިން ތިންވަނަ ހަމަލާއެވެ.

ނައީމް ގާސިމް އިތުރަށް ވިދާޅުވީ ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމާއި، ހަނގުރާމަ ނިމުމަށްފަހު އިސްރާއީލުގައި ބަންދުކޮށްފައި ތިބި ލުބުނާނުގެ ރައްޔިތުން ދޫކޮށްލުމަކީ ލުބުނާނުގެ ސަރުކާރުން އިސްކަންދޭންޖެހޭ ކަންކަން ކަމަށެވެ.

ލުބުނާނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު އިސްރާއީލުގެ ހަމަލާތަކުގައި 190 މީހުން ޝަހީދުވެ 485 މީހުން ވަނީ ޒަހަމްވެފައެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ޔަހޫދީ ފައުޖުން މި ފަދަ ޖަރީމާތައް ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ ތާއީދާ އެއްބާރުލުމާ އެކުގައެވެ. އަދި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީން ލުބުނާނަށް ހަމަލާދޭން ފަށައިފި ޚަބަރު | 3 މަސް ކުރިންލުބުނާނު ސަރުކާރުންވެސް އިސްރާއީލުގެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރަންޖެހޭ ދުނިޔެ | 5 މަސް ކުރިންލުބުނާނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ނަތަންޔާހޫ ރުހުންދީފިދުނިޔެ | 10 މަސް ކުރިން