logo
Bank of Maldives

Bank of Maldives

ޚަބަރު

ޔަހޫދީން ލުބުނާނަށް ހަމަލާދޭން ފަށައިފި

އާމިނަތު ޝަފާ
27 ޖޫން 2025 - 11:56
ޔަހޫދީން ލުބުނާނަށް ހަމަލާދޭން ފަށައިފި

ޔަހޫދީން ލުބުނާނަށް ހަމަލާދޭން ފަށައިފިއެވެ.

ޔަހޫދީން ހަމަލާތައް ދޭން ފެށީ ހިޒުބުﷲއަށް އަމާޒުކޮށެވެ. ހަމަލާތަކުގައި މިހާތަނަށް އެކަކު ޝަހީދުވެ 11 މީހަކު ވަނީ ޒަހަމްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލުބުނާނު ސަރުކާރުން ބުނީ ނަބަތިއްޔާގެ މަތީގައިވާ ފަރުބަދަތަކަށް ދެ ފަހަރެއްގެ މަތިން ހަމަލާދީ، ބަންކަރ ބަސްޓަރ ބޮން ބޭނުންކޮށްގެން ޔަހޫދީން ހަމަލާދީފައިވާކަމަށެވެ.

އެމެރިކާ މެދުވެރިވެގެން ނޮވެމްބަރުމަހު އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު 14 މަސްދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވެވުނު ފަހުންވެސް އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލުބުނާނުގެ ދެކުނަށް ވައިގެ ހަމަލާތައް ދެމުންނެވެ. މިއަދުގެ ހަމަލާތައް އާދަޔާ ހިލާފަށް ގަދަފަދަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުބަނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވެސް ވަނީ އިސްރާއީޅުން ދިން މި ހަމަލާތައް ކުށްވެރިކުރައްވާފައެވެ. އެގައުމުގެ ރައީސް ޖޯސެފް އައުންވެސް ވަނީ ހަމަލާތައް ހުއްޓުވައިދިނުމަށް ބައިނަލްއަގްވާމީ އެހީތެރިކަމަށްވެސް އެދިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީން ލުބުނާނަށް ހަމަލާދޭން ފަށައިފި ޚަބަރު | 3 މަސް ކުރިންލުބުނާނު ސަރުކާރުންވެސް އިސްރާއީލުގެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރަންޖެހޭ ދުނިޔެ | 5 މަސް ކުރިންލުބުނާނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ނަތަންޔާހޫ ރުހުންދީފިދުނިޔެ | 10 މަސް ކުރިން