logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީއަކީ މަޖިލީހަށް މެމްބަރުން ހޮވުމަށްފަހު ނުބައި ނަސޭހަތްތަކެއް ދޭ ޕާޓީއެއް: މެމްބަރު ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
29 އޭޕްރީލު 2025 - 13:02
 އެމްޑީޕީއަކީ މަޖިލީހަށް މެމްބަރުން ހޮވުމަށްފަހު ނުބައި ނަސޭހަތްތަކެއް ދޭ ޕާޓީއެއް: މެމްބަރު ފަލާހް

އެމްޑީޕީއަކީ މަޖިލީހަށް މެމްބަރެއް ހޮވުމުން ނުބައި ނަސޭހަތްތަކެއް ދިނުމަށްފަހު ފޮނުވާ ޕާޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ފަލާހް ވިދާޅުވީ، އެމްޑީޕީއަކީ މަޖިލީހަށް މެމްބަރެއް ހޮވުމުން ނުބައި ނަސޭހަތްތަކެއް ދިނުމަށްފަހު ފޮނުވާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ އަޚްލާޤީ ކަންކަން މިހާތަނަށް ވަރަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި، ނަމަވެސް އަދިވެސް ބައެއް ބަސްނާހާ ބޭފުޅުން ތިއްބެވި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ފަލާހް އިތުރަށް ވިދާޅުވި ގޮތުގައި، މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވަނީ ބަސްއެހުމާ ތަންކޮޅެއް ދުރު މެމްބަރެއް ކަމަށެވެ. އަދި 19 ވަނަ މަޖިލީހާއި 20 ވަނަ މަޖިލީހުގެ މަސައްކަތްތަކުގެ ހިސާބުތައް އަޅާކިޔައި، 20 ވަނަ މަޖިލީހުން މިހާތަނަށް 33 ބިލު ފާސްކޮށްފައިވާއިރު، 19 ވަނަ މަޖިލީހުން މި މުއްދަތުގައި ފާސްކޮށްފައިވަނީ 25 ބިލު ކަމަށް ވިދާޅުވިއެވެ.

ފަލާހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 20 ވަނަ މަޖިލީހަކީ ފަހުގެ ތާރީޚެއްގައި މައިނޯރިޓީއަށް އެންމެ ބޮޑަށް އިޙްތިރާމްކޮށް، އަޅާލައިގެން އޯގން އޯގާތެރިކަމާއެކު ހިންގޭ މަޖިލީސް ކަމަށް އެމަނިކުފާނު ޤަބޫލުކުރައްވާ ކަމަށެވެ. މީގެ އިތުރުން، ބައެއް މުހިންމު ކޮމިޓީތަކުން އެމްޑީޕީގެ އެދުމަށް އިތުރު ޖާގަ ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | 5 ދުވަސް ކުރިންހިތަދޫ އުތުރު ގޮނޑީގެ ޕީއެންސީ ޓިކެޓަށް ސިނާން ވާދަކުރައްވަނީޚަބަރު | 6 ދުވަސް ކުރިންވަކި ޕާޓީއަކުން ހުށަހެޅި ބިލަކަށް ވާތީ ބޭރުކުރީ 19 ވަނަ މަޖިލީހުގައި؛ މިދައުރުގައި އެކަން ނުފެންނާނެޚަބަރު | 7 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގަ، ކުރިމަތިލާން މާދަމާ ހުޅުވާލަނީޚަބަރު | 7 ދުވަސް ކުރިން