ބޮލުގައި ކުލަޖެއްސީ ވައިފިލުވަން - ޔަމާލް

ބްލޮންޑް ލަމީން ޔަމާލް، އެލްކްލެސިކޯ އާއި ދިމާކޮށް ބޮލުގައި ވަނީ ކުލަ ޖައްސާފައި. ފޮޓޯ؛ ބީބީސީ

29 އޭޕްރީލު 2025 - 14:18
ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް އޭނާގެ ބޮލުގައި ކުލަޖެއްސީ ގޭގައި ފޫހިވާތީ ވައިފިލުވަން ކަމުގައި ބުނެފިއެވެ. މިކަން އޭނާ ހާމަކޮށްފައިވަނީ ޗެންޕިއަންސް ލީގުގައި އިންޓަރ އާއި ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ވަގުތު ހޭދަކުރުމަށް ކަމަށެވެ.
މީގެ އިތުރުން ޔަމާލް ބުނެފައިވަނީ އޭނާ އާއި ދިމާކުރަނީ ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ކަމަށާއި، އެކަން އެމީހުން ކުރަން ފެށީ ރެއާލް ބާސާއަތުން ބަލިވުމުން ކަމަށެވެ.
އޭނާގެ ބޮޑާ ސިފަ ހުންނަ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން ޔަމާލް އިތުރަށް ވިދާޅުވީ "އަހަރެން މޮޅުވާ ހިނދު، އެއްވެސް މީހަކަށް އެއްޗެއް ނުބުނެވޭނެ. އަހަރެންނަށް ވުރެ އެމީހުން މޮޅުވާ ހިނދު، އެމީހުންނަށް ވާހަކަ ދެއްކިދާނެ" ކަމަށެވެ.
އިންޓަރގެ މެޗާގުޅޭގޮތުން 17 އަހަރުގެ ޔަމާލް ވިދާޅުވީ މިއީ އޭނާގެ ފުރަތަމަ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ކަމަށާއި، މި މެޗާ ދޭތެރޭ ވަރަށް ބޮޑަށް އުއްމީދު އެބައޮތްކަމުގައެވެ. ބުދަ ދުވަހު ރޭގައި ބާސާގެ ދަނޑުގައި ކުޅޭ ސެމީފައިނަލުގެ ފުރަތަމަ ލެގަކީ މިދިޔަ 6 އަހަރުތެރޭގައި އެޓީމު ޗެންޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ސެމީއެވެ.
އިތުރު ލިޔުންތައް

ފަލަމަސްގަނޑަށް އަނިޔާވެ، ލަމީން އަށް ސެވިއްޔާ މެޗު ގެއްލިދާނެ
8 މަސް ކުރިން
ފަސޭހަ މޮޅާކާއި އެކު ބާސެލޯނާއިން ބަޔާން އާއި މެޑްރިޑަށް ވަރުގަދަ މެސެޖެއް.
8 މަސް ކުރިން
ފޯމުގައި އޮތް ބާސެލޯނާ ކުރިމަތިލާނީ މި ސީޒަންގެ މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު އިމްތިޙާނަށް.
7 މަސް ކުރިން