logo
ބަތޮލެއް ނޫން، ޖަލުގައިވެސް ވަގެއްކަމުގެ ތުހުމަތުBank of Maldives

Bank of Maldives

ޚަބަރު

މެލޭޝިޔާ އޮތީ ރާއްޖެއާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް - ބޮޑުވަޒީރު

އަޙްމަދު ޒަލީފް
30 އޭޕްރީލު 2025 - 07:31
މެލޭޝިޔާ އޮތީ ރާއްޖެއާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް - ބޮޑުވަޒީރު

މެލޭޝިއާއިން އޮތީ ރާއްޖެއާއި ސަރަހައްދީ ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންވަރު އިބްރާހިމް މިފަދައިން ވިދާޅުވީ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، މެލޭޝިއާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެއްޖެ ކަމަށާއި ވިޔަފާރިއާއި އިންވެސްޓްމެންޓާއި ޑިޖިޓަލްގެ ދާއިރާއާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި އިޤުތިޞާދީ ދާއިރާއާއި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ދޮރުތައް ހުޅުވުނުކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެ-މެލޭޝިއާ ގުޅުމުގެ އައު ބާބެއް ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުޢިއްޒުގެ ޕޯސްޓުގައި ވަނީ މެލޭޝިއާއަށް އެމަނިކުފާނު ވަޑައިގަތުމުން ދެންނެވި ހޫނު މަރުޙަބާއަށާއި ބެހެއްޓެވި ގާތްކަމަށް އެ ޤައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ވަރަށް ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރެވިފައިވާ ކަމަށެވެ. އެގޮތުން ތަޢުލީމާއި ޞިއްހަތާއި އިޤުތިޞާދީ ތަރައްޤީއާއި ޑިޖިޓަލައިޒޭޝަނާއި މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ދާއިރާއިން ގުޅުން ބަދަހިވެ، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތަޢުލީމާއި ޞިއްހަތާއި ކުޅިވަރާއި ޚާރިޖީ ގުޅުންތަކުގެ ދާއިރާއާއި ޑިޕްލޮމެޓުން ތަމްރީންކުރުމަށް ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރެވުމުން އުފާކުރާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ފުރުޞަތުތައް ކިޔައިދެވި ކާމިޔާބު ރާއްޖެ-މެލޭޝިއާ ބިޒްނަސް ފޯރަމެއް ބޭއްވުނުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިޔާގައި ކުލަގަދަ ހަރަކާތްތަކަކާއެކު ދިވެހިން އީދު ފާހަގަކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންމެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފިޚަބަރު | 3 މަސް ކުރިންމެލޭޝިއާގައި އިޤްރައުލް ޤުރްއާން މުބާރާތް ބާއްވައިފިޚަބަރު | 3 މަސް ކުރިންމެލޭޝިޔާ އޮތީ ރާއްޖެއާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް - ބޮޑުވަޒީރު ޚަބަރު | އަހަރެއް ކުރިން