logo
MPL

MPL

ޚަބަރު

ބޮޑުވަޒީރުގެ ދަތުރުފުޅާއެކު ދެ ގައުމުގެ އަހުވަންތަކަން އިތުރަށް ބަދަހިވެގެންދާނެ: ރައީސް

އައިޝަތު ނަޝާ
18 ސެޕްޓެމްބަރު 2026 - 08:20
 ބޮޑުވަޒީރުގެ ދަތުރުފުޅާއެކު ދެ ގައުމުގެ އަހުވަންތަކަން އިތުރަށް ބަދަހިވެގެންދާނެ: ރައީސް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ  ސަބަބުން ދެ ގައުމުގެ އަހުވަންތަކަން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މި ގުޅުން އައު އުސްމިންތަކަކަށް ވާސިލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ،

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ ދައުވަތަކަށް މި މަހުގެ 14 އިން 15 އަށް މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމާ ގުޅިގެން، ޝުކުރު އަދާކުރައްވައި މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި ދެ ޤައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާ ކުރަނިވި ރަހުމަތްތެރި، އަޚްވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދުޢާ ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

View post on Twitter



މި މެސެޖާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގައި ކުރިއަށްގެންދިޔަ ރަސްމީ މަޝްވަރާތަކަކީ ދެ ޤައުމުގެ މުސްތަގުބަލަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށެވެ. އަދި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ތަޢުލީމާއި ސިއްޙީ ދާއިރާގެ އިތުރުން ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްގީ އާއި އިސްލާމީ ކަންތައްތަކާއި ދިފާޢީ ދާއިރާއިން ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

View post on Twitter



ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ މަރުކަޒީ ބޭންކުތައް މެދުވެރިކޮށް ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ ދިނުމަށް ނިންމެވި ނިންމެވުމަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް މަޝްވަރާތައް ފެއްޓެވުމަށް ނިންމެވުމަކިވެސް ދެ ޤައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް އައު ފުރުސަތުތައް ލިބިގެންދާނެ ނިންމެވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މެލޭޝިއާގެ ބޮޑުވަޒީރު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކޮންގްރެސްއަށް ފޮނުއްވި މެސެޖަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ރަހުމަތްތެރި ގުޅުމުގެ އައު ބާބެއް ފެށިގެން ގޮސްފައިވާ ކަމަށާއި ދެ ޤައުމުގެ އަޚްވަންތަ ގުޅުން ކުރިއަށް އޮތްތަނުގައި އައު އުސްމިންތަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދުޢާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން