logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްތީނު މައްސަލައިގައި އައިސީޖޭގައި ބަންޑާރަ ނައިބު މާދަމާ ބަޔާން ދެއްވަނީ

އާމިނަތު ޝަފާ
30 އޭޕްރީލު 2025 - 13:41
ފަލަސްތީނު މައްސަލައިގައި އައިސީޖޭގައި ބަންޑާރަ ނައިބު މާދަމާ ބަޔާން ދެއްވަނީ

ފަލަސްތީނު މައްސަލައިގައި އައިސީޖޭގައި ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމް މާދަމާ ބަޔާން ދެއްވުމަށް ހަމަޖެހިފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

ބަންޑާރަ ނައިބު އުޝާމް ބަޔާން ދެއްވުމަށް ހަމަޖެހިފައިވަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ފަލަސްތީނުގެ ބިންތަކުގައ،ި އދ އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި އެހެން ގައުމުތަކުން ތިބުމާއި އެބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައެވެ.

މި މައްސަލައަކީ، އ.ދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އ.ދ. ގެ މައި ޖަމްޢިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (ޔޫ.އެން.އާރު.ޑަބްލިއު.އޭ.) ގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި، އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާތައް ދެމުންގެންދާތީ، އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައި.ސީ.ޖޭ. އަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އ.ދ. ގެ ޢާންމު މަޖިލީހުގެ ޤަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކުގެ ސަބަބުން، ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކާއި އަސާސީ ޙައްޤުތަކުން މަޙުރޫމްވެ، ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ބިނާކުރުމަށާއި، ސަރަޙައްދުގެ އަމަންއަމާންކަމަށާއި ހަމަޖެހުމަށް ހުރަސްއެޅެމުންދާ ކަމާއި، އިސްރާއީލުގެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.

ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށްވާއިރު، މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ސަރުކާރުންވަނީ ރައްޔިތުންނަށް އަރުވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ބެސްޓިނެޓަށް ބޮޑު ބަދަލެއްދޭން ޖެހުނު: ބަންޑާރަނައިބުޚަބަރު | 2 ދުވަސް ކުރިންމީޑިއާ ބިލު އިސްލާހުކުރެވިދާނެ، އަނބުރާ ގެންދަންޖެހޭކަމަކަށް ގަބޫލެއްނުކުރަން: އުޝާމް ޚަބަރު | 2 މަސް ކުރިން ޤާނޫނު ފަރުމާކޮށްފައިވަނީ ހުރިހާ ދާއިރާތަކަށް ފޯކަސްކޮށްގެން : އުޝާމް ޚަބަރު | 5 މަސް ކުރިންފަލަސްތީނު މައްސަލައިގައި އައިސީޖޭގައި ބަންޑާރަ ނައިބު މާދަމާ ބަޔާން ދެއްވަނީޚަބަރު | 6 މަސް ކުރިން