ރައީސްގެ 5 އަހަރުވެގެންދާނީ އުމްރާނީ ތަރައްގީގެ އައު ހަރުފަތެއް ގިރާކުރާނެ އަހަރަކަށް: މެމްބަރު އަފޫ
30 އޭޕްރީލު 2025 - 17:25

ރައީސްުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މިހިގާ ފަސްެއަހަރުގެ ދައުރު ވެގެންދާނީ ދިވެހިރާއްޖައި ގިނަ މަޝްރޫއުތަކެެއް ނިންމާ، އުމްރާނީ ތަރައްގީގެ މުޅިން އައު ހަރުފަތެއް ގިރާކުރާނެ ދައުރަކަށްކަމަށް ރައްޔިތުޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ހާމިދު ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ ތަރުހީބު ބޮޑުވެ ގިނަ ބަޔަކު އެދެމުންދާތީ ހިޔާވަހި ސްކީމްގެ ދަށުން ފައިނޭންސިންއަށް އެދުމުގެ ފުުރުސަތު މެއި މަހުގެ ނިޔަލަށް ސަރުކާރުން އިތުރުކުރުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
މެމްބަރު ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ ރަށްރަށުގައި ސަރުކާރުން މިއަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް އާއި މިއަދު މަޝްވަރާކުރައްވާފައިވާކަމަށެވެ.
ޚާއްސަގޮތެއްގައި ދެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތާއި، ކެނދިކުޅުދޫގެ ނަރުދަމާ އަދި މަގުހެދުމުގެ މަސައްކަތާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރެވިފައިކަމަށާއި މި ފެށޭ މޭ މަހުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައިކަމަށް މެމްބަރު ވިދާޅުވިއެވެ.
"ރައީސް ޑރ.މުޢިއްޒުގެ މިހިގާ ފަސްެއަހަރުގެ ދައުރު ވެގެންދާނީ ދިވެހިރާއްޖައި ގިނަ މަޝްރޫއުތަކެެއް ނިންމާ، އުމްރާނީ ތަރައްގީގެ މުޅިން އައު ހަރުފަތެއް ގިރާކުރާނެ ދައުރަކަށް!"
ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން އިފްތިތާހުކުރި "ހިޔާވެހި ފައިނޭންސިން" އަށް ހުށަހެޅުމަށް ހުޅުވާލާފައިވާއިރު ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 8 ނޮވެންބަރު 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ޕްރޮގްރާމެއްކަމަށާއި މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށްވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން އެދެމުންދާކަމަށެވެ.

.jpg&w=3840&q=75)
