ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް ދިނުން އެމްޓީސީސީއަށް، އާންމުންނަށް ޚިދުމަތް ލިބޭނެ
19 ޖުލައި 2025 - 09:22

ނ.ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް އެމްޓީސީގެ ފަރާތުން ދިނުމަށްވާން ޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން އެ ރަށަށް ދެ ބަސް ފޮނުވައިފިއެވެ.
މީގެ ކުރިން މި ޚިދުމަތް ދެމުން އައީ އެ ރަށު ސުކޫލުގެ ފަރާތުން، ހަމައެކަނި ސުކޫލު ދަރިވަރުންނަށެވެ. ނަމަވެސް އެމްޓީސީސީގެ ފަރާތުން މި ޚިދުމަތް ފެށުމާއެކު ރަށުގެ އާންމުންނަށްވެސް މި ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation
މިކަމާ ގުޅޭގޮތުން މި ނޫހާ ވާހަކަދައްކަވަމުން، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަފޫ ޙާމިދު ވިދާޅުވީ، މީގެ ކުރިން އެއްވެސް ރައީސަކު ކެނދިކުޅުދޫއަށް ދެއްވާފައި ނުވާ އަޙައްމިއްޔަތުކަން ރައީސް ޑރ މުހައްމަދު މުޢިއްޒު ދެއްވަމުން ގެންދަވާ ކަމަށާއި، އެކަމަށްޓަކައި ރައީސް ޑރ މުޢިޒަށް ޝުކުރު އަދާކުރާ ކަމަށެވެ.
"އާންމު އުޞޫލުން ސުކޫލު ތަކަކީ ތަޢުލީމު ފޯރުކޮށްދޭ ތަންތަން. ބަހުގެ ޚިދުމަތްދޭ ތަންތަނެއް ނޫން. އެހެންވީމަ، އެ އުޞޫލުގެ ދަށުން ސަރުކާރުން ނިންމެވީ އެމްޓީސީސީން އެ ޚިދުމަތް ދިނުމަށް. މި ޚިދުމަތާއެކު އާންމުންނަށްވެސް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ" އަފޫ ވިދާޅުވިއެވެ.
ކެނދިކުޅުދޫއަށް ދެ ބަސް ފޮނުވާފައިވާއިރު، މީގެ ތެރެއިން އެއް ބަހަކީ 30 މީހުންގެ ޖާގައިގެ ބަހެކެވެ. އަނެއް ބަހަކީ 72 މީހުންގެ ޖާގައިގެ ބަހެކެވެ.

.jpg&w=3840&q=75)
