logo
ޚަބަރު

މިދިޔަ ސަރުކާރުން ގެރެންޓީއެއް ނުބަހައްޓާ އަމިއްލަ ފަރާތަކަށް 4.5 މިލިއަން ރުފިޔާ ދޫކުރި: ސައުދުﷲ

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ސެޕްޓެމްބަރު 2024 - 08:13
މިދިޔަ ސަރުކާރުން ގެރެންޓީއެއް ނުބަހައްޓާ  އަމިއްލަ ފަރާތަކަށް 4.5 މިލިއަން ރުފިޔާ ދޫކުރި: ސައުދުﷲ

ކުންފުނިތައް ބަނގުރޫޓްވެގެން ދަނީ މިދިޔަ ސަރުކާރުން ކަންކުރިގޮތުގެ ސަބަބުންކަމަށާއި، މިދިޔަ ސަރުކާރުން ގެރެންޓީއެއް ނުބަހައްޓާ އަމިއްލަ ފަރާތަކަށް 4.5 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ކުންފުނިތަކާބެހޭ އިސްލާހްގެ ބިލްގެ ބަހުސްގައި ސައުދުﷲ ހިލްމީ ވިދާޅުވީ، ކުންފުނިތައް ބަނގުރޫޓްވެގެން ދަނީ މިއަދުގެ ސަރުކާރުން ކަންތައް ކުރިގޮތަކުންނޫން ކަމަށެވެ. އަދި ކުންފުނިތައް ބަނގުރޫޓްވެގެން ދަނީ ކުރީ ސަރުކާރަށް ކަންތައްތައް ކުރެވިފައި ނުވަތަ ކަންކުރި ގޮތުން ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

''މިދިޔަ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނެތި އަމިއްލަ ފަރާތަކަށް 4.5 މިލިއަން ދޫކޮށްފައި އެބައޮތް، އެއީ އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ގޮތެއްނޫން، އެއީ މި ސަރުކާރުން ކުރާނެކަމެއްނޫން، މިސާލަކަށް މޯލްޑިވްސް ގޭސް ކަހަލަ ކުންފުންޏަކަށް 4.5 މިލިއަން ނުދައްކާ އޮތުމުން އެ ކުންފުންޏަށް އިންތިހާއަށް ބުރޫއަރަމުންދާނެ'' ސައުދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން އެކަހަލަކަމެއް ނުކުރާނެ ކަމަށެވެ. އަދި މިހާރު ކުންފުނިތަކަށް ދިމާވާ މައްސަލަ އަކީ މިދިޔަ ސަރުކާރުން ކަންކުރިގޮތުން ދިމާވި މައްސަލައެއްކަމަށް ވިދާޅުވެ އޭނާ ވަނީ މިސާލެއްގެ ގޮތުގައި ފެނަކަ ނަގާފައެވެ.

''ފެނަކައަށް ސަޕްލައި ކުރި މީހުންނަށް ލާރިނުދީގެން މުޒާހަރާކުރީ ކުރީ ސަރުކާރު ދުވަސްވަރު މުޒާހަރާކޮށްފައިވޭ، އެއީ އޭރު އުފެދުނު މައްސަލައެއް'' ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވަނީ ކުންފުނީގެ ޤާނޫނަށް ގެނެވޭ އިސްލާހްތައް ވަރަށް މުހިންމުކަމަށާއި، އެއީ ކުންފުނިތަކުން ވެސް އެތަންތަން ހިންގުމަށް ދަތިވެގެން އިސްލާޙްކުރަން ބޭނުންވެފައިވާ ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަނޑިޔާރުންގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލެއް ހުށަހަޅައިފިޚަބަރު | 2 މަސް ކުރިންތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލަ ބެލުމަށް އެލްޖީއޭއަށްޚަބަރު | 9 މަސް ކުރިންގިނަ ތުހުމަތުތަކަކާ އެކު ތިނަދޫގައި 10،000 މީހުން ހަމަނުވާ މައްސަލަ މަޖިލީހަށް ހުށަހަޅައިފިޚަބަރު | 9 މަސް ކުރިންއަޅުގަނޑުމެންނާ ފަލަސްތީނު ރައްޔިތުންނަކީ އެއްބައެއް، އަނިޔާތައް ފެނިފައި ރޮވޭ: ސައުދުﷲޚަބަރު | 10 މަސް ކުރިން