logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

World

އަލިފާންގަނޑު ކޮންޓްރޯލް ނުވެގެން އެހީއަށް އެދި ޔަހޫދީން ރޮއި އާދޭސް ކުރަނީ

އަލިފާންގަނޑު ކޮންޓްރޯލް ނުވެގެން އެހީއަށް އެދި ޔަހޫދީން ރޮއި އާދޭސް ކުރަނީ

ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ޤުދުސްގެ ޖަންގަލިތަކުގައި ބޮޑެތި އަލިފާންގަނޑުތަކެއް ރޯވެ، ބޮޑު ސަރަޙައްދެއް އަނދައިފިއެވެ.

އަލިފާންގަނޑުތައް ނިއްވައިލުމަށް ޔަހޫދީންގެ އިދާރާތަކުން މަސައްކަތް ކުރަމުންދާއިރު، އަލިފާނުގެ ނުރައްކާ އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލިފާނާ ގުޅިގެން މިހާތަނަށް 13 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމުގައި ޒަޔަނިސްޓު އިސްރާއީލުގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ.

އަލިފާންގަނޑުތައް ކޮންޓުރޯލުކޮށް ނިއްވައިލުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ޤައުމީ ފެންވަރެއްގައި ޔަހޫދީން ފާހަގަ ކުރާ ދެ ދުވަހެއްގެ ހަރަކާތްތައް ވަނީ ކެންސަލް ކޮށްފައެވެ. މި ގޮތުން، މެމޯރިޔަލް ޑޭ އަދި މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޤުދުސްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ހަރަކާތްތައް ވަނީ ފަސް ކޮށްފައެވެ.

ޤުދުސްގެ ޖަންގަލިތަކުގައި ރޯވެ، އަނދަމުން މި ދަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުގެ ލާއިންސާނީ ޖަރީމާތައް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ.

އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ.

އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 2,300އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ހުށަހެޅުންތަކަށް ހިޒްބުالله އިން ދެކޮޅު ހަދައިފިދުނިޔެ | ދުވަހެއް ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | 5 ދުވަސް ކުރިންއިޒްރޭލުން ކުރަމުންދާ ހަނގުރާމަތަކުގެ ޚަރަދު 15 ބިލިއަން ޑޮލަރަށް އަރައިފިދުނިޔެ | 9 ދުވަސް ކުރިންއިސްރާއީލުން ފާސްކުރި މަރުގެ އަދަބުގެ ގާނޫނު ތަންފީޒުކުރުމަކީ ހަނގުރާމައިގެ ކުށެއް: އދ.ދުނިޔެ | 14 ދުވަސް ކުރިން