ކީ ސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ދޭ ނާލޯ އިމްތިޙާނުގެ ފުރަތަމަ ބުރު ބާއްވައިފި


02 މޭ 2025 - 05:08
ކީ ސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ދޭ ނާލޯ އިމްތިޙާނުގެ ފުރަތަމަ ބުރު ބާއްވައިފިއެވެ.
ކީ ސްޓޭޖް 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން މުޅިން އަލަށް ބާއްވާ ނޭޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސް (ނާލޯ) އިމްތިޙާނުގެ ފުރަތަމަ ބުރު ނިންމާލައިފިއެވެ. މި އިމްތިޙާނުގައި ރާއްޖޭގެ 201 ސްކޫލަކުން 5،100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.
މި މަހު، 25ން 27އަށް ކުރިއަށް ގެންދިޔަ ފުރަތަމަ ބުރުގައ،ި އިމްތިޙާނު ދިނީ އިނގިރޭސި އާއި ހިސާބު އަދި ސައިންސް މާއްދާއިންނެވެ. އަންނަ ސެޕްޓެމްބަރު 2 އާއި 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ބުރުގައި އިމްތިޙާނު ދޭނީ އިސްލާމާއި ދިވެހި މާއްދާއިންނެވެ.
2008 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ނާލޯ އިމްތިޙާނުގައި މީގެ ކުރިން ބައިވެރިކުރަނީ ހަމައެކަނި ކީ ސްޓޭޖް 1 އަދި 2 ނިންމާ ދަރިވަރުންނެވެ. ނަމަވެސް މިއަހަރު، ފުރަތަމަ ފަހަރަށް، ކީ ސްޓޭޖް 3ގައި ހިމެނޭ ގްރޭޑް 7 އާއި 8 ގެ ދަރިވަރުން ވަނީ ބައިވެރިކޮށްފައެވެ. ނާލޯ އިމްތިހާނުގައި މި އަހަރު އިސްލާމް މާއްދާ ވަނީ ހިމަނާފައެވެ.
ގިނަ ސްކޫލުތަކުގައި ގްރޭޑް 9 ގެ ހުރިހާ ދަރިވަރުން މި އިމްތިޙާނުގައި ބައިވެރިވާއިރު، އާބާދީ ބޮޑެތި ސްކޫލުތަކުގައި ހޮވާލެވޭ ބައެއް ދަރިވަރުން ބައިވެރިވެއެވެ.
ނާލޯ އަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ޙާލަތާއި، ސްކޫލުތަކުގައި ތަންފީޒުކުރަމުން އަންނަ ޤައުމީ މަންހަޖުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ އެސެސްމެންޓެކެވެ.
އިތުރު ލިޔުންތައް

ބޭރުގައި ތައުލީމް ހާސިލްކުރާ ދަރިވަރުން ރާއްޖޭގެ އެންބަސީގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
8 މަސް ކުރިން
ބީއެމްއެލްގެ ސްކޯލާޝިޕް ތިން ދަރިވަރަކަށް
5 މަސް ކުރިން
މަތީ ތަޢުލީމް ހާސިލް ކުރުމަށް ސްކޮލާޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފި
5 މަސް ކުރިން