logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ފައިނާލާއި ފިޔަވަޅަކާއި ގާތަށް

އަބްދުﷲ ޣާނިމް
2 މޭ 2025 - 05:42
ޔުނައިޓެޑުގެ ފަރާތުން ރޭގައި ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައި. ފޮޓޯ؛ މެންޗެސްޓަރ ޔުނައިޓެޑް
ޔުނައިޓެޑުގެ ފަރާތުން ރޭގައި ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައި. ފޮޓޯ؛ މެންޗެސްޓަރ ޔުނައިޓެޑް

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މޮޅާއެކު ޔުނައިޓެޑް ވަނީ ފައިނަލުގެ ޖާގައަކާ ވަފިޔަވަޅަކާއި ގާތަށް ޖެހިލާފައެވެ.

ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑްގެ ފަރާތުން ކަސެމީރޯ ފުރަތަމަ ގޯލު ޖަހާފައިވާއިރު، އަނެއް ދެގޯލު ޖެހީ ބްރޫނޯ ފެނާންޑޭޒް އެވެ. މެޗުގެ 30 ވަނަ މިނިޓުގައި ކަސެމީރޯ ޖެހި ލަނޑުން ޔުނއިޓެޑް ލީދުނެގިއެވެ. އަދި ފުރަތަމަ ހާފުގެ 35 ވަނަ މިނިޓުގައި ބިލްބާއޯގެ ޑެނީ ވިވިއަންރަސްމުސް ހޮއިލަންޑް އަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކައި ޔުނައިޓެޑް އަށް ވަނީ ޕެނަލްޓީ ލިބިފައެވެ. މިޕެނަލްޓީ ބްރޫނޯ ވަނީ ފަސޭހަ ހަމާއެކު ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި އޮއްވާ ބްރޫނޯ ޖެހި އިތުރު ލަނޑާއެކު މެޗުގެ ނަތީޖާ 3-0 އަށް ބަދަލުވިއެވެ. މި ލަނޑާއެކު މި މުބާރާތުގައި ބްރޫނޯ ޖެހި ލަނޑުގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ޔުނައިޓެޑް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ، އިތުރު ލަނޑު ޖެހުމަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މި މޮޅާއެކު އަންނަ ހަފުތާގައި އޯލްޑް ޓްރެފަޑްގައި ކުޅޭ ދެވަނަ ލެގަށް ނިކުތުމުގެ ކުރިން ޔުނައިޓެޑް އަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.


ލީގުގެ 14 ވަނައިގައި އޮތް ޔުނަޢިޓެޑް އަށް އަންނަ ސީޒަނުގައި ޗެންޕިއަންސް ލީގުގެ ޖާގައެއް ލިބެން އޮތީ މިމުބާރާތުގެ ޗެންޕިއަންކަން ހޯދައިގެންނެވެ. މިސީޒަނުގައި ޔޫރަޕުގެ މުބާރާތް ތަކުން އެއްވެސް ބައްޔެއް ނުވެ އޮތް ހަމައެކަނި ޓީމަކީވެސް މެންޗެސްޓަރ ޔުނައިޓެޑްއެވެ. އެހެންކަމުން މިއީ ޔުނައިޓެޑުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގާ ގާތަށް ޖެހިލައިފިކުޅިވަރު | 6 ގަޑިއިރު ކުރިންވޯލްޑް ޗެންޕިއަން ޗެލްސީ ބަލިކޮށް ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާއި ގާތަށްކުޅިވަރު | 9 ދުވަސް ކުރިންއޮކަފޯގެ ދެ ގޯލާއެކު 45 އަހަރުފަހުން ފުރަތަމަ ފަހަރަށް އޯލްޑް ޓްރެފޯޑްގައި ލީޑްސް މޮޅުވެއްޖެކުޅިވަރު | 14 ދުވަސް ކުރިންގޯޓު ހެރީ މެގުއަރ މެންޗެސްޓަރ ޔުނައިޓެޑްގެ ކޮންޓްރެކްޓް އައުކޮށްފިކުޅިވަރު | 20 ދުވަސް ކުރިން