logo
Bank of Maldives

Bank of Maldives

ދުނިޔެ

އިޒްރޭލުގެ ޤަތުލްޢާންމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އަޑުއުފުލައިފި

އިޒްރޭލުގެ ޤަތުލްޢާންމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އަޑުއުފުލައިފި

ނިރުބަވެރި ޔަހޫދީ ދައުލަތް އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޙަމަލާތަކާއި ދެކޮޅަށް ދުނިޔޭގެ އެކި ޤައުމުތަކުން އަޑުއުފުލަން ފަށައިފިއެވެ.

އަޔަލެންޑް، އޮސްޓްރިއާ ފަދަ ޤައުމުތަކުން އިޒްރޭލުން 60 ދުވަހަށްވުރެ ގިނަ ދުވަހު ޣައްޒާއަށް އަޅާފައިވާ ބްލޮކޭޑް ކުށްވެރިކޮށްފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލްއިން މި ޢަމަލުތައް ހަނގުރާމައިގެ ޖަރިމާތަކެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާގެ އިންސާނީ އެހީގެ ކޯޑިނޭޓަރު އަމްޖަދު ޝަވާ ވިދާޅުވެފައިވަނީ އިޒްރޭލުގެ ހަނގުރާމައިގެ ސަބަބުން "މުޅި ޣައްޒާ ބަނޑުހައިހޫނުކަމުގައި" ވަނިކޮށް، ކުޑަކުދިން ކެއުމުގެ މަދުކަމުގެ ސަބަބުން މަރުވުމުގެ ނުރައްކާ އިތުރުވެފައިވާ ކަމަށެވެ.

މެޑިކަލް މަސްދަރުތަކުން ބުނާ ގޮތުގައި މިއަދު އެކަނި ވެސް އިޒްރޭލުގެ ޙަމަލާތަކުގައި މަދުވެގެން 35 މީހުން މަރުވެފައިވެއެވެ. މީގެ ތެރެއިން އެއް ޢާއިލާއެއްގެ 9 މެންބަރުން މަރުވެފައިވެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ހަނގުރާމައިގައި މަދުވެގެން61,700 ފަލަސްޠީނުން މަރުވެފައިވާއިރު، 118,091 މީހުންނަށް އަނިޔާވެފައިވެއެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ހާސްތަކެއްގެ މީހުން މަރުވެފައިވާނެ ކަމަށް އެ ވުޒާރާއިން ލަފާކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާގޮސް ސީދާ ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދޭން ފަށައިފި ދުނިޔެ | 3 ދުވަސް ކުރިންމުހައްމަދު ސިންވާރު ޝަހީދުކޮށްލައި، އަބޫ އުބައިދާއަށް އަމާޒުކޮށް ހަމަލާތަކެއް ދީފި ދުނިޔެ | 18 ދުވަސް ކުރިންރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ މަވާސީ އަށް ހަމަލާދީފި ދުނިޔެ | 20 ދުވަސް ކުރިންއަޤްސާ މިސްކިތަށް ވަދެގަނެ އަނެއްކާވެސް ހަމަނުޖެހުން ހިންގައިފިދުނިޔެ | 21 ދުވަސް ކުރިން