logo
MPL

MPL

ޚަބަރު

ޔާސްމީނާ ގުޅުވައި ދައުރުކުރަމުން ދަނީ ފޭކު ސްކްރީންޝޮޓެއް: އާޒިމާ

ޔާސްމީނާ ގުޅުވައި ދައުރުކުރަމުން ދަނީ ފޭކު ސްކްރީންޝޮޓެއް: އާޒިމާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒާ ގުޅުވައި ސޯޝަލް މީޑިއާގެ މަންސަތަކުގައި ދައުރު ކުރަމުން ދަނީ ފޭކް ސްކްރީންޝޮޓެއް ކަމަށް، ރައީސް މުޢިއްޒު އާއިލާގެ ގާނޫނީ ވަކީލް، ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒުވާނުންގެ މުޒާހަރާ އިން ރޭގައި ހައްޔަރުކުރި އަންހެނަކާ ގުޅޭގޮތުން ޔާސްމީންގެ އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއް ކަމަށް ބުނެ ދައުރުކުރަމުން ދަނީ ފޭކް ސްކްރީންޝޮޓެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ރައީސް މުއިއްޒުގެ އާއިލާއިން ވަނީ ޔާސްމީނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި އާއްމުންނަށް އޮޅުވާލަން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.

މީގެ ކުރިން ވެސް، ރައީސްގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި އެ ޕާޓީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބެއިރު (މަންދީ) ވަނީ ދޮގު ބުހުތާން ވާހަކަ ދައްކާފައެވެ. އޭނާ ދެއްކި ވާހަކައަކާ ގުޅިގެން ރައީސްގެ އާއިލާއިން ވަނީ އަބުރުގެ ދައުވާ ވެސް ކޮށްފަ އެވެ.

ހަމައެއާއެކު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ލިބިދޭ ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ ފެމިލީ ކޯޓަށް ވެސް މައްސަލަ ހުށަހަޅާފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ ޝުކޫރުޚަބަރު | 4 ގަޑިއިރު ކުރިންކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއްކަމުގައި ދެކެންޖެހޭ: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | ދުވަހެއް ކުރިންވާދަވެރި އިންތިހާބެއްގައި ބަންގްލަދޭޝް އިން އާ ރައީސަކު ހޮވުމަކީ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ކަމެއް: ރައީސް ޚަބަރު | ދުވަހެއް ކުރިން