logo
Bank of Maldives

Bank of Maldives

ދުނިޔެ

ބަނޑުހައި ހޫނުކަމުގެ ސަބަބުން ޣައްޒާއިން 57 މަރު!

އާމިނަތު ޝަފާ
4 މޭ 2025 - 07:05
ބަނޑުހައި ހޫނުކަމުގެ ސަބަބުން ޣައްޒާއިން 57 މަރު!

ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާއިން މިހާތަނަށް 57 މީހުން މަރުވެއްޖެއެވެ.

ޔަހޫދީން ޣައްޒާ ހިސާރުކޮށްފައިވާއިރު ކާބޯތަކެއްޗާއި، ފެނާއި، ބޭސްފަރުވާގެ ސާމާނު ވެއްދުމަށް ހުރަސް އަޅަނީ ހަމާސް ބަލިކޮށްލުމަށްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޅި ޣައްޒާއަށް ހައިހޫނުކަން ފެތުރިފައިވާއިރު މި ހައިހޫނުކަމުގެ ސަބަބުން މިހާތަނަށް 57 މީހަކު ވަނީ މަރުވެފައެވެ. އެމީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެއާއެކުވެސް ރެއިން ފެށިގެން ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދަެއްގެ ކުޑަކުދިންނާއެކު 45 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.

ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަނޑުހައިހޫނުކަން ބޭނުންކުރާތީ ޔަހޫދީންނަށް ބައިނަލްއަޤްވާމީ ފާޑުކިޔުންތައް އިތުރުވަމުންދާއިރު، އދ.ގެ އިސް ފަރާތްތަކާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ އިންސާނީ އެހީ ވެއްދުމަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ޔަހޫދީންނަށް ގޮވާލަމުންނެވެ.


މިއަދު ހެނދުނު ޣައްޒާގެ ދެކުނުގެ ރަފާހްގައި ހަމާސް އިން ހިންގި އޮޕަރޭޝަނެއްގައި ޔަހޫދީ ދެ ސިފައިން މަރާލައި ދެ މީހަކު ޒަހަމްކޮށްލާފައިވާކަމަށް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޔަމަނުން އިސްރާއީލަށް އަމާޒުކުރި ހަމަލާއެއްގެ ސަބަބުން އިސްރާއީލުގެ މައި އެއާޕޯޓުގެ ދަތުރުތައްވަނީ މެދުކަނޑާލަންޖެހިފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމުގައި ހިންގާ ގަތުލުއާއްމުގައި މިހާތަނަށް 52,495 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައި 118,366 މީހުން ވަނީ ޒަހަމްކޮށްލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާގޮސް ސީދާ ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދޭން ފަށައިފި ދުނިޔެ | ދުވަހެއް ކުރިންމުހައްމަދު ސިންވާރު ޝަހީދުކޮށްލައި، އަބޫ އުބައިދާއަށް އަމާޒުކޮށް ހަމަލާތަކެއް ދީފި ދުނިޔެ | 16 ދުވަސް ކުރިންރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ މަވާސީ އަށް ހަމަލާދީފި ދުނިޔެ | 18 ދުވަސް ކުރިންއަޤްސާ މިސްކިތަށް ވަދެގަނެ އަނެއްކާވެސް ހަމަނުޖެހުން ހިންގައިފިދުނިޔެ | 19 ދުވަސް ކުރިން