logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއައިއެފްސީ މަޝްރޫޢާއި ގުޅިގްނެ ރައީސް މުޢިއްޒަށް، ޤާސިމް ތަޢުރީފުކުރައްވައިފި

އެމްއައިއެފްސީ މަޝްރޫޢާއި ގުޅިގްނެ ރައީސް މުޢިއްޒަށް، ޤާސިމްގެ  ތަޢުރީފު

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރު (އެމްއައިއެފްސީ) ޤާއިމްކުރުމުގެ މަޝްރޫޢާއި ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތަޢުރީފް ކުރައްވައިފިއެވެ.

ރައީސް މުޢިއްޒަށް ތަޢުރީފް ކުރަށްވައި، ޤާސިމް ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެނުވާނެ އުންމީދީ މަޝްރޫޢެއްކަމަށް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޤާސިމް އިބްރާހީމް ޚާއްޞަ ޝުކުރެއް އަރިސްކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ސަރުކާރާއި ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން، ރާއްޖޭގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއްގެ ގޮތުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ) ތަރައްގީކުރަން ރޭ ވަނީ ސޮއިކޮށްފައެވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާ ގުޅިގެން ޤާސިމް އިބްރާހީމް ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް ކުރިއެރުވުމަށް އެޅިގެންދިޔަ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއްކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ މާލީ ދާއިރާގެ މުހިންމު މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކޮންމެހެން ބޭނުންތެރި ފިޔަވަޅެއްކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ފާހަގަކުރެއްވީ، މި މަޝްރޫޢުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ޒުވާނުންނަށް އީޖާދީ އަދި އާ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއަށް މާލީ އަދި އިޤްތިޞާދީ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ގެނުވާނެ ކަމެއްކަމަށް ވިދާޅުވިއެވެ.

"މި މުހިންމު މަސ މުހިންމު މަސައްކަތަށް ހުރިހާ ސިޔާސީ ލީޑަރުންވެސް އެއްބާރުލުން ދެއްވުމަކީ އަޅުގަނޑުގެ އާދޭހާއެކު ދަންނަވާ ވާހަކައެކެވެ. މިއީ މުޅި ޤައުމަށް ފައިދާކުރާނެ މަޝްރޫޢެއްކަން ޝައްކެއްނެތް މިންވަރަށް ޔަޤީނެވެ." ޤާސިމް ވިދާޅުވެފަވެއެވެ.

އިޤްތިޞާދީ މާހިރުންގެ ދެކިވަޑައިގަތުމުގައި، އެމްއައިއެފްސީ ޤާއިމްކުރުމުގެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ މާލީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުވެގެންދާނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޖަރުމަނުވިލާތުން މާލެ ވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިންމަރަދޫފޭދޫގައި އައި.ޔޫ.އެމްގެ ކެމްޕަހެއް ހުޅުވައިފިޚަބަރު | 12 ގަޑިއިރު ކުރިންރަސްމާލެއިން 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެޚަބަރު | 21 ގަޑިއިރު ކުރިންރޯދަ ހަދިޔާ މަސްދަޅު މާލެ ސަރަހައްދުގައި ބަހާ ނިމިއްޖެޚަބަރު | ދުވަހެއް ކުރިން