logo
Bank of Maldives

Bank of Maldives

ދުނިޔެ

އިޒްރޭލުގެ ނިރުބަވެރިކަން އިންތިހާއަށް: "ޖެންޑާ ރިވީލް ޕާޓީއަކަށް" ގޮއްވާލީ ޣައްޒާގެ ޢިމާރާތެއް

އިޒްރޭލުގެ ނިރުބަވެރިކަން އިންތިހާއަށް: "ޖެންޑާ ރިވީލް ޕާޓީއަކަށް" ގޮއްވާލީ ޣައްޒާގެ ޢިމާރާތެއް

ޖެންޑާ ރިވީލް ޕާޓީއަކަށް ޚާއްސަކޮށްގެން، ނިރުބަވެރި ޔަހޫދީ ދައުލަތުގެ އަސްކަރިއްޔާއިން، ޣައްޒާގެ ޢިމާރާތެއް ގޮއްވާލައި ބިމާހަމަކޮށްފިއެވެ.

މި މަހުގެ ތިން ވަނަ ދުވަހު އިޒްރޭލުން ހިންގި މި ނިރުބަވެރި ޙަމަލާގެ ނަގާފައިވާ ވީޑިއޯއެއްގައި ދައްކާ ގޮތުން، އިޒްރޭލުގެ ސިފައިން ގާޒާގެ އިމާރާތެއް ގޮއްވާލަނީ ދަރިފުޅުގެ ޖިންސު ހާމަކުރުމުގެ ގޮތުންނެވެ. މި އިމާރާތް ގޮއްވާލުމުގެ ކުރިން، އޭގައި ގޮވާ ތަކެތި ހަރުކޮށްފައިވެއެވެ. އަދި މި ގޮވާ ތަކެތިން ނުކުންނަ ދުމުން ދޭހަވަނީ އުފަންވަނީ ފިރިހެން ކުއްޖެއް ކަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވީޑިޔޯގައި، އެ ޢިމާރަތް ގޮއްވާލުމާއެކު އިޒްރޭލުގެ ނިރުބަވެރިން ހީ ސަކަރާތްޖަހާ އަޑު ވެސް އިވެއެވެ.

މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު އަދި އިންސާނިއްޔަތާ ދެކޮޅު ޢަމަލެއް ކަމަށް ބުނެ، ގިނަ ފަރާތްތަކުން ފާޅުގައި ކުށްވެރިކޮށްފައިވެއެވެ. އަދި މިފަދަ ޢަމަލުތަކުން ގާޒާގެ ރައްޔިތުންނަށް ކުރިމަތިވާ ގެއްލުންތަކާއި ހިތްދަތިކަން ފާހަގަކޮށްފައިވެއެވެ.

 

މި ހާދިސާއާ ގުޅޭގޮތުން އިޒްރޭލުގެ ސަރުކާރުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުން މިކަމާ ގުޅޭގޮތުން ތަޙްޤީޤެއް ހިންގުމަށް ވަނީ ގޮވާލާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިންދުގެ ފޮޓޯއަކާއެކު ބާސެލޯނާގައި ވަރުގަދަ މެސެޖެއް: "ޣައްޒާގެ ކުޑަކުދިން މިނިވަންކުރޭ!"ދުނިޔެ | 4 ދުވަސް ކުރިންއިސްރާއީލުގެ ޢުދުވާނުތައް އެންމެ ގާތުން ގެނެސްދިން ބިސާން، ޓިކްޓޮކުން ބޭރުކޮށްލައިފިދުނިޔެ | 5 ދުވަސް ކުރިންއަސީރެއްގެ ހަށިގަނޑު ހޯދުމުގެ ނަމުގައި ޔަހޫދީން، ޣައްޒާގެ ގަބުރުސްތާނެއް ކޮނެފިދުނިޔެ | 5 ދުވަސް ކުރިންހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމާ އިސްރާއީލުން 1500 ފަހަރު ހިލާފުވެއްޖެދުނިޔެ | 9 ދުވަސް ކުރިން