logoEN
ޚަބަރު

ސަރުކާރު ސްކޫލްތަކުގެ ހުރިހާ ކްލާސްރޫމެއް މި އަހަރު ނިމުމުގެ ކުރިން އޭސީކުރަނީ

ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމަޢީލް ޝަފީޢު -- ފޮޓޯ: ތައުލީމާ ބެހޭ ވުޒާރާ

ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމަޢީލް ޝަފީޢު -- ފޮޓޯ: ތައުލީމާ ބެހޭ ވުޒާރާ

ރާއްޖޭގައި ހިންގާ ހުރިހާ ސަރުކާރު ސްކޫލުތަކެއްގެ ކްލާސްރޫމްތައް، މި އަހަރު ނިމުމުގެ ކުރިން އޭސީކޮށް ނިންމާނެ ކަމުގައި ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމަޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އިއްޔެ ކުރިއަށް ދިޔަ މި ދައުރުގެ 26 ވަނަ މަޖިލީހުގެ ޖަލްސާގައި ކޫލް ސްކޫލް ޕްރޮޖެކްޓާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާރު ވެސް 3،740 ކްލާސް ރޫމުގައި ދަރިވަރުން ތައުލީމު ޙާސިލްކުރާ ކަމަށާއި، އޭގެ ތެރެއިން މިހާތަނަށް 401 ކްލާހެއްގައި802 އޭސީ ހަރުކުރެވިފައިވާ ކަމަށެވެ.

އަދި އެ މަސައްކަތުގެ ދަށުން މިހާރު މަސައްކަތްކުރަނީ އެ މަސައްކަތަށް ބޭނުންވާ އޭސީތައް، ބަލްކުކޮށް ސްކޫލްތަކަށް ފޮނުވަން ކަމަށާއި، އެންމެ ފުރަތަމަ މި ޕްރޮޖެކްޓް އިއުލާންކުރިއިރު ނިންމީ ދެ އަހަރުގެ ތެރޭގައި މި މަސައްކަތް ނިންމާ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ނަމަވެސް ދަރިވަރުންނާއި ބެލެނިވެރިންގެ އެދުމުގެ މަތިން، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

އަޅުގަނޑުމެން އެންމެ ފުރަތަމަ އަޅުގަނޑު މިދިޔަ ޖޫން މަހުގެ ތެރޭގައި މި ޕްރޮޖެކްޓް އިއުލާންކުރިއިރު އިއުލާންކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމަން. އެހެން ނަމަވެސް ސްކޫލްތަކުން، ދަރިވަރުން، ބެލެނިވެރިން މި ޕްރޮޖެކްޓަށް އުފެދިފައިވާ ޝައުގުވެރިކަމާއި މި ޕްރޮޖެކްޓަށް އެދޭލެން އަވަސްވުމުގެ ސަބަބުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕްރޮޖެކްޓު މި އަހަރުގެ ތެރޭގައި ނިންމުމަށް އިރުޝާދު ދެއްވާފައި. މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާމުން ދަރިވަރުން ތައުލީމު ޙާސިލްކުރުމަށް ސްކޫލުގައި ތިބޭ ހުރިހާ ކުލާސްރޫމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމުން އޭސީކޮށް ނިންމާނަން،- ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމަޢީލް ޝަފީޢު

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ މަޝްރޫޢު ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. މި މަޝްރޫއު ފަށާފައިވަނީ ކ. މާފުށީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން އެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަފީޢު އެދުވަހު ވިދާޅުވި ގޮތުގައި، ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތަކުގައި ހަރުކުރާ އޭސީތަކަށް ދޭ ކަރަންޓުގެ %30 ވާނީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށެވެ.

ކޮމެންޓް

871x217_placeholder