އާނޯލްޑްއަށްފަހު ރެއާލްގެ ހުރިހާ އަމާޒެއް ސަލީބާ އަށް

އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ރެއާލް މެޑްރިޑުން ދިފެންސް ވަރުގަދަ ކުރުމަށް ސަލީބާ އަށް ފާރަލާކަމަށް ރިޕޯޓްތައް ބުނޭ

06 މޭ 2025 - 08:05
ރެއާލް މެޑްރިޑްގެ ޑިފެންސް ލައިން ހަރުދަނާ ކުރުމަށް އާރސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުޓްބޯޅައިގެ ޓްރާންސްފަރ ޚަބަރުތައް ގެނެސްދޭ މަޝްޙޫރު ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ރޮޕޯޓްކޮށްފިއެވެ. މީގެ އިތުރުން ފްރާންސްގެ ނޫހެއްކަމަށްވާ ލެކިޕްއިން ހާމަކުރި ގޮތުގައި ރެއާލް މެޑްރިޑުން ވަނީ ސަލީބާގެ އެޖެންޓާ މަޝްވަރާތައް ފަށާފައެވެ.
މި ސީޒަންގައި އެޑަރ މިލިޓާއޯ އަދި އެންޓޯނިއޯ ރުޑިގާ ފަދަ ޑިފެންޑަރުންނަށް އަނިޔާވުމާ ގުޅިގެން ރެއާލް މެޑްރިޑްގެ ޑިފެންސް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އެހެންކަމުން ކުލަބުން ވަނީ އައު ސެންޓަރ ޑިފެންޑަރެއް ހޯދުމަށް ނިންމާފައެވެ.
ޒުވާން އަދި ފެންވަރު ރަނގަޅު ޑިފެންޑަރެއް ކަމަށްވާ ސަލީބާއަކީ ރެއާލް މެޑްރިޑަށް އެންމެ އެކަށީގެންވާ ޑިފެންޑަރު ކަމަށް ކުލަބުގެ ރައިށް ފްލޯރެންޓީނޯ ޤަބޫލުކުރާކަމަށް ރިޕޯޓްތައް ބުނެއެވެ. ސަލީބާގެ ކޮންޓްރެކްޓް 2027 ވަނަ އަހަރާ ހަމައަށް އޮތް ނަމަވެސް، އާސެނަލް ދޫކޮށް ދިއުމަށް ނިންމައިފިނަމަ ހިލޭ ޓްރާންސްފަރއެއްގެ ގޮތުގައި ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. ކުރިޔަށް އޮތް ޓްރާންސްފަރ މާކެޓްގެ ކުރިން ކޮންޓްރެކްޓް އައު ކުރުމުގެ މަސައްކަތައް ކުރިއެރުމެއް ނުލިބިއްޖެނަމަ، އާރސެނަލް އިން ސަލީބާ ވިއްކާލުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
ނަމަވެސް އާސެނަލްގެ މެނޭޖަރު މިކެލް އާޓެޓާ ވަނީ ސަލީބާއަށް އިތުބާރު އޮތްކަން ހާމަކޮށް، އޭނާ ދޫކޮށްލުމަށް ތައްޔާރުނޫންކަން ހާމަކޮށްފައެވެ. އަދި އެހެން ކުލަބުތަކުގެ ޝައުގުވެރިކަން ހުއްޓުވުމަށްޓަކައި އާ ކޮންޓްރެކްޓެއްގެ މަޝްވަރާތައް ފެށުމަށްވެސް ކުލަބުން ވަނީ ނިންމާފައެވެ.
ކުރިޔަށް އޮތް ޓްރާންސްފާރ މާކެޓްގައި ސަލީބާގެ ސޮއި ހޯދުމަށް ރެއާލް އިން 100 މިލިޔަނާއި ގާތަށް ހުށަހަޅަން ތައްޔާރުކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން އާނޯލްޑް ލިވަރޕޫލް ދޫކޮށް ހިލޭ ޓްރާންސްފާރ އެއްގައި ރެއާލް އަށް ބަދަލުވުން ހުއްޓުވުމަށް ސަލީބާ ވިއްކާލުމަކީ އެކަށީގެންވާކަމެކެވެ.
އިތުރު ލިޔުންތައް

ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
7 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
7 މަސް ކުރިން
ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް ކްލެސިކޯ މިރޭ: ފަހުގެ ތާރީޚެއްގައި މި ދެޓީމުކުޅޭ އެންމެ ވާދަވެރި މެޗު.
7 މަސް ކުރިން