ނައިފަރު ހޮސްޕިޓަލުގެ ސާވާތައް ހެކުކޮށްފި
16 ސެޕްޓެމްބަރު 2024 - 15:51

ޅ. ނައިފަރު ހޮސްޕިޓަލުގެ ސާވާތައް ހެކުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ، ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ ސާވާތައް ހެކު ކުރި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad by Hajj Corporation
އަދި އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޚާއްސަ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވާއިރު، އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


